ނާރެސް ރެސިޕީ: ބިސްގަނޑު ރޯލްސް
ބިސްގަނޑު ރޯލްސް އަކީ ރޯދަމަހަށް ޚާއްޞަ ހެދިކާއެކޭ ދެންނެވުމަކުން މުޅިން ދޮގަކަށް ނުވާނެއެވެ. ރޯދަވީއްލުމަށާއި، އަދި ތަރާވީސްދަމަށްވެސް ބިސްގަނޑު ރޯލްސްއަކީ ވަރަށް ހިތްގައިމު ކާނާއެކެވެ.
ބިސްގަނޑު ރޯލް ހަދާނަމަ ފުރަތަމަ ތައްޔާރުކޮށްލަން ޖެހޭނީ ފޮޅިގަނޑެވެ. ފޮޅިގަނޑު އަޅާނިމުމުން ދެން އޭގެ ފަހުގައި ފޮޅިގަނޑު މައްޗަށް އަޅާ ތަކެތި ތައްޔާރުކޮށްލުމުން ފަސޭހަވާނެއެވެ. އެހެންކަމުން ފުރަތަމަބައިގައި އެވަނީ ފޮޅިގަނޑު އަޅަން ބޭނުންވާ ތަކެއްޗާއި، ތައްޔާރުކުރާނެގޮތެވެ. ދެވަނަ ބައިގައި އެވަނީ މަސްގަނޑު ހަދާން ބޭނުންވާ ތަކެއްޗާއި، ހަދާނެގޮތެވެ.
ފުރަތަމަ ބައި
ބޭނުންވާތަކެތި (ފޮޅިގަނޑު އަޅަންބޭނުންވާތަކެތި)
1 ބިސް
½ ލޮނު
¾ ޖޯޑު ކިރު
¾ ޖޯޑު ފުށް
ފޮޅިގަނޑު ތައްޔާރުކުރާނެގޮތް
ބިހާއި ، ލޮނާއި، ފުށާއި، އަދި ކިރު އަޅައިގެން އެއްކޮށް ގިރާލާށެވެ. ބިސްގަނޑު އަޅާތަވައެއް ހޫނު ކޮށްލުމަށްފަހު އާދައިގެ ފޮޅިފިހާގޮތަށް ތަވައަށް އޮއްސައިގެން ފޮޅިގަނޑު އަޅާށެވެ. ދެން ފޮޅިގަނޑު މައްޗަށް ތިރީގައިވާ ތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު ގިރާފައަޅާށެވެ.
ދެވަނަބައި
2 ބިސް
¼ ސައިސަމުސާ ލޮނު
½ ސައިސަމުސާ އަސޭމިރުސް ޕައުޑަރ
3 މޭޒުމަތީ ސަމުސާ ފިޔާ ( ކިޔުބު ގޮތަށް ކުދިކޮށްކޮށާފައި )
¼ މޭޒުމަތީ ސަމުސާ ޓޮމާޓޯ ( ކިޔުބު ގޮތަށް ކުދިކޮށްކޮށާފައި )
3 މޭޒުމަތީ ސަމުސާ ގްރީން ކެޕްސިކަމް ( ކިޔުބު ގޮތަށް ކުދިކޮށްކޮށާފައި )
1 މޭޒުމަތީ ސަމުސާ ކޮރިއެންޑާ ލީވްސް (ކުދިކޮށްކޮށާފައި )
މިތަކެތި އެއްކޮށްލުމަށްފަހު ކުރިން ތައްޔާރުކުރި ފޮޅިގަނޑު މައްޗަށް އަޅާށެވެ. ދެން ރޯފިލީމަ އޮޅާލާށެވެ.