ރެސިޕީ

ނާރެސް ރެސިޕީ: ފުރުޓް ކޮކްޓެއިލް ކޭކް

ނާރެސް ރެސިޕީ ގައި މިއަދު މިގެނެސްދެނީ ފުރުޓް ކޮކްޓެއިލް ކޭކް އަޅާނެގޮތެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ކޭކެވެ. ޢާއިލާގެ މެދުގައި އެކުވެރިކަން ބަދަހިކޮށްލުމަށް ތައްޔާރުކޮށްލާ ކެއުމަކަށް މިކޭކް ވަރަށް ކަމުދާނެކަމަށް ފެނެއެވެ. އަދި ރޯދަމަހު ރޯދަވީއްލާގަޑިއަށް ޚާއްޞަކޮށްލާށެވެ.
ބޭނުންވާ ތަކެތި
1 ދަޅު ފުރުޓްކޮކްޓެއިލް ( އާދައިގެ )
250ގ. ގްރާމް ފުށް
250ގ. މާޖިރިން
250ގ. ހަކުރު
6 ބިސް
2 ސައިސަމުސާ ބޭކިންގ ޕައުޑަރ
ތައްޔާރުކުރާނެގޮތް
ފުރަތަމަ ފުށްކޮޅާއި، މާޖިރިންކޮޅާއި، ހަކުރު އެއްކޮށްލުމަށްފަހު ބިސްއަޅައިގެން ގިރާލާށެވެ. އޭގެ ތެރެއަށް ބޭކިންގ ޕައުޑަރ ކޮޅުވެސް އަޅާފައި އެއްކޮށްލާށެވެ. ދެން ފުރުޓް ދަޅު ފުރޭންޏަކުން ފުރާނާ ފެންފޮދާއި، ފުރުޓްތައް ވަކިކޮށްލާށެވެ. އެއަށްފަހު ފުރުޓްދަޅުން ނެގި ފެންފޮދުން 2 ސަމުސާ ފެން ގިރާފައި ހުރި ފުށްގަނޑު ތެރެއަށް އަޅައި މިކްސް ކޮށްލާށެވެ. ދެން ފުރުޓްތައް ކުޑަކޮށް އަތުން ޗިސްކޮށްލުމަށްފަހު ފުށްގަނޑު ތެރެއަށް އެއްބައި އަޅާށެވެ. އަދި އެއްކޮށްލާށެވެ. މިހާރު އެހެރީ ފުށްގަޑު ގިރާ ނިމިފައެވެ.
ދެން ކޭކްފިހާ ޓްރޭގައި މާޖިރިންކޮޅެއް ހޭކުމަށްފަހު އޭގެތެރެއަށް ގިރި ފުށް އަޅާށެވެ. ދެން ބާކީހުރި ފުރުޓް ތައް ފުށްގަނޑުގެ މައްޗަށް އަޅާށެވެ. އޭގެ ފަހުގައި އަވަންދޮށްކޮށްލުމަށްފަހު އަވަނަށް ލާށެވެ. ދެންހަމަ އާދައިގެ ކޭކް ފިހާ މިންގަނޑަށް އަވަން ބަހައްޓައިގެން ފިހާށެވެ.

ގުޅުންހުރި ލިޔުންތައް

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close