މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭ ސިޓީގެ މާލޭގެ ގަރާޖެއްގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ރޯވީ ރަށްދެބައިމަގުން ގ. ނިއު ކޮލަމްބިއާއާ އިންވެގެން ހުރި ގަރާޖެއްގައި ކަމަށެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު ހަވީރު 16:26 ގައި އެވެ.
އެ އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކޮށްފައިވާއިރު، އެ ގަރާޖުގައި ރޯވި އަލިފާން 16:35 ގައި ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާގައި ގަރާޖް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. އަދި މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.


