ޔޫކްރެއިންގެ ހަނގުރާމައިގައި މިހާތަނަށް 121 ކުޑަކުދިންވަނީ މަރުވެފައި: ޕްރޮސެކިއުޓަރުގެ އޮފީސް
ޔޫކްރެއިންގެ ހަނގުރާމައިގައި މިހާތަނަށް 121 ކުޑަކުދިންވަނީ މަރުވެފައިވާކަމަށް ޔޫކްރެއިންގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޔޫކްރެއިންގެ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައިވަނީ ހަނގުރާމައިގައި ޔުކްރެއިންގެ 121 ކުޑަކުދިން މަރުވެފައިވާ ކަމަށެވެ.
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 121 ކުޑަކުދިން މަރުވެފައިވާ ކަމަށް ޔުކްރެއިންގެ ޕްރޮސެކިއުޓަރުޖެނެރަލްގެ އޮފީހުންބުނެފިއެވެ.
ޓެލެގްރާމް މެދުވެރިކޮށް ބުދަ ދުވަހު ފޮނުވި މެސެޖެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޒަޚަމްވި ކުދިންގެ އަދަދު 167 އަށް އަރާ ކަމަށެވެ.
ނަމަވެސް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވަނީ ރޮއިޓާސް އަށް އެ ތަފްސީލުތައް ކަށަވަރު ކުރެވޭ ގޮތެއް ނުވާކަމަށެވެ.




