ރަޝިއާގައި ހުންނަ އެމެރިކާގެ އެމްބަސެޑަރ ރަޝިއާގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް އިންޒާރުދީފި
އެމެރިކާއިން ރަޝިއާއަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ އެމްބަސެޑަރ ރަޝިއާގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް އިންޒާރުދީފިއެވެ.
ރަޝިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން ރަޝިޔާއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ހޯމަ ދުވަހު މޮސްކޯގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކުރީ، ދެގައުމުގެ ގުޅުން ހީނަރުވެ އެގުޅުން އެއްކޮށް ކެނޑިގެން ހިނގައިދާނެކަމުގެ އިންޒާރު ދިނުމަށް ކަމަށެވެ.
ރަޝިޔާގެ ދައުލަތުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މިވާހަކަތައް ފާހަގަކޮށްފައިމިވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ރަޝިޔާގެ ރައީސާ ބެހޭގޮތުން “ގަބޫލުނުކުރެވޭ ފަދަ ވާހަކަތަކެއް” ދައްކަވާފައިވާ ކަމަށް ބުނެ އެވެ.
އެމެރިކާގެ އެމްބަސެޑަރ ޖޯން ސުލިވަންއާ ހަވާލުކުރެއްވި މި ބަޔާނަކީ، ޔޫކްރެއިންގެ އިންގިލާބަށް އަމުރު ކުރެއްވުމަށްފަހު، ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ލަޑީމިއަރ ޕޫޓިން އަށް ގޮވައިލެއްވި ބައިޑަންގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ފާޅުގައި އިޝާރާތް ކުރައްވަމުން ގެންދެވި ބަޔާނެކެވެ.
“އެމެރިކާގެ ރައީސްގެ މިފަދަ ވާހަކަތަކުގެ ސަބަބުން، މިފަދަ މަތީ ފަންތީގެ ސިޔާސީ ބޭފުޅަކަށް ނުހައްގު، ރަޝިޔާ-އެމެރިކާ ގުޅުން ހީނަރުވެ އެގުޅުން ކެނޑިގެން ހިނގައިދާނެ، ބަޔާނުގައި ވެއެވެ.
މޮސްކޯގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ ރަޝިއާގެ ބަޔާނަށް އިޝާރާތް ނުކޮށް ޓްވިޓާއަށް ބަޔާނެއް ޕޯސްޓްކޮށްފަ އެވެ.
މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމްބެސެޑަރު ޖޯން ސުލިވަން ޑިމާންޑް ކުރެއްވި ގޮތުގައި ރަޝިއާގެ ސަރުކާރުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ އަސާސީ ރިވެތި އުސޫލުތަކަށް ތަބާވެ، ރަޝިއާގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ކޮންސިއުލާ އެކްސެސް ދިނުމުގެ ފުރުސަތު ދިނުމަށް، އޭގެ ތެރޭގައި ޕްރީ ޓްރަޔަލް ޑިޓެންޝަންގައި ތިބި މީހުން ވެސް ހިމެނޭ،” އެމްބަސީން ބުންޏެވެ.
“އަޅުގަނޑުމެން ތަކުރާރުކޮށް އެމެރިކާގެ ރަށްވެހިކަން ބަންދުކޮށްފައި ތިބޭ މީހުންނަށް ކޮންސިއުލާ އެކްސެސް ދިނުމަށް އެދިފައި އެބަހުރި، އެތައް މަހެއް ވަންދެން ކެނޑިނޭޅި އަދި ނާޖާއިޒު ގޮތުގައި އެ މީހުންނަށް އެކްސެސް ނުލިބޭ ގޮތަށް. މިއީ މުޅިން ބަލައިގަނެވޭނެ ކަމެއް ނޫން،” ބަޔާނުގައި ބުންޏެވެ.

