ޚަބަރު
މާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
މާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ، ރޭ 9:18 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ބިދޭސީ ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އަނިޔާލިބިފައިވާ މީހާ ނިސްބަތްވާ ޤައުމަކާއި އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ބުނީ އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

