ހަކަތައިގެ ސަލާމަތާ ގުޅޭ ގޮތުން ރަޝިއާއާއެކު އެއްބާރުލުން ދޭން ޔޫއޭއީން ޝައުގުވެރިވޭ: ޔޫއޭއީ
ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާން ބުރާސްފަތި ދުވަހު މޮސްކޯގައި ވިދާޅުވީ ދުނިޔޭގެ ހަކަތައިގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ރަޝިޔާއާއެކު އެއްބާރުލުން ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ޝައުޤުވެރިވާ ކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށް ބުރޫއަރައި، ގަލްފުގެ ހަކަތަ އެކްސްޕޯޓްކުރާ ގައުމުތައް ކަމަށްވާ ޔޫއޭއީ އާއި ސައުދީ އަރަބިއްޔާފަދަ ގައުމުތަކުން ރަޝިޔާގެ ތެލުގެ ބަދަލުގައި ސަޕްލައި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެގައުމުތަކުން ދަނީ ގަލްފުގެ ހަކަތަ އެކްސްޕޯޓްކުރާ ފަރާތްތަކުގެ މައްޗަށް ބަލަމުންނެވެ.
އޯޕެކްގެ ޕްރޮޑިއުސަރުން ކަމަށްވާ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން މިހާތަނަށް ވަނީ ތެލުގެ އަގު ހިފެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އެ ދެ ގައުމުގެ ސްޕެއާ ޕްރޮޑަކްޝަން ކެޕޭސިޓީ ބޭނުން ކުރުމަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުންތަކަށް ދެކޮޅު ހަދާފަ އެވެ.
“ހަކަތައާއި ކާބޯތަކެތީގެ ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމަކީ މުހިންމު ކަމެއް،” ޓީވީ މެދުވެރިކޮށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފްއާއެކު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި އެމިރޭޓްސްގެ ވަޒީރު ވިދާޅުވިއެވެ.
“ޔޫކްރެއިން ކްރައިސިސްގައި މީޑިއޭޝަންގެ ހުރިހާ މަސައްކަތަކަށް މަރުހަބާ ކިޔަން… ސުލްހަވެރި ހައްލެއް ހޯދުމަށް ހުރި ފުރުސަތުތައް ވަރުގަދަ ކުރުމަށް ޕާޓީތަކާ އެކު މަޝްވަރާ ކުރަން ޔޫއޭއީ އޮތީ ތައްޔާރަށް،” ޝެއިހް އަބްދުالله ވިދާޅުވި އެވެ.


