މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ
މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނެފައިވާ ގޮތުގައި އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 16:00 އިން 17:00 އަށް ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރޯޝަނީ މަގާއި، ރޯޝަނީ ގޯޅީގެ އިތުރުން ކަސްތޫރި މަގާއި، ކާނި ގޯޅިއާއި، ސޯސަންމަގު ހިމެނޭ ސަރަހައްދުން މި ވަގުތުގައި ހުންނާނީ ކަރަންޓު ކެނޑިފައިކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
މާލޭގައި އެކި ސަބަބުތަކަށް ޓަކައި ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑޭ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ސްޓެލްކޯއިން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

