ރަޝިޔާއާ އެކު ޗައިނާއިން އޮންނަ ގުޅުމާ މެދު ވޮޝިންޓަންގެ ‘ފުން ކަންބޮޑުވުންތަކެއް’ އެބަހުރި: އެމެރިކާގެ އޮފިޝަލުން
އެމެރިކާގެ ޚާރިޖިއްޔާއިން ހޯމަ ދުވަހު ވަނީ، ރަޝިޔާ “އިގްތިސާދީ، މާލީ މޮރާސް” އިން ރަޝިޔާ މިނިވަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު، ޗައިނާ ހިމެނޭ ގޮތަށް ގައުމުތަކަށް ދީފައެވެ.
އަނެއްކޮޅުން، ބައިޑަންގެ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ރަޝިޔާއާއި ޗައިނާގެ “އެލައިންމަންޓް” އާ މެދު ވޮޝިންޓަންގެ ކަންބޮޑުވުން ފާޅުކޮށް އިންޒާރު ކުރައްވާފައެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވަން ވަނީ މީގެ ކުރިން ރޯމްގައި ޗައިނާގެ އެންމެ އިސް ޑިޕްލޮމޭޓް ޔަންގް ޖީޗީއާ ބައްދަލުކުރައްވައި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި ބެއިޖިން އިން ރަޝިޔާއަށް އެހީތެރިވެއްޖެނަމަ ދަތިރުކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
“އެއީ ހަތް ގަޑިއިރުގެ ވަރުގަދަ ސެޝަނެއް، އެއީ މި ވަގުތުގެ ގްރެވިޓީ ދައްކުވައިދޭ ސެޝަނެއް، އަދި މުއާސަލާތީ ގުޅުންތައް ހުޅުވާލެވިފައިވާ ލައިންތައް ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ސެޝަނެއް،” ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި އެޑްމިނިސްޓްރޭޝަން އޮފިޝަލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި މަޝްވަރާތަކުގައި ރަޝިއާ އާއި ޔޫކްރެއިންއާ ގުޅޭ ގޮތުން “ފުޅާ ދާއިރާއެއްގައި ވާހަކަ” ދެކެވުނު ކަމަށާއި އޭގެ ސަބަބުން އުތުރު ކޮރެއާގެ މައްސަލަވެސް ހައްލުކުރެވުނު ކަމަށެވެ.
ވައިޓް ހައުސް އިން ބުނީ އެ ދެޤައުމުން ޔޫކްރެއިންއާ ބެހޭ ގޮތުން “ފުދޭވަރެއްގެ މަޝްވަރާއެއް” ކުރި ކަމަށާއި، އޭގެ ތަފުސީލެއް ވެސް ނުދެއެވެ. އަދި ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު މުވާސަލާތީ ގުޅުންތައް ހުޅުވާލެވިފައިވާ ލައިންތަކެއް ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނެޑް ޕްރައިސް ވަނީ ހުޅަނގުން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށް ރަޝިޔާއިން މަސައްކަތްކުރަމުންދާއިރު، ރަޝިޔާއަށް އެހީތެރިވުމަށް މަސައްކަތް ނުކުރެއްވުމަށް ޤައުމުތަކަށް އިންޒާރު ކުރައްވާފައެވެ. “މި އިގްތިސޯދީ، މާލީ މޮރާސް އިން ރަޝިއާ ސަލާމަތް ކުރަން މަސައްކަތް ކުރާ ކޮންމެ ގައުމަކަށް ވެސް އޭގެ ނަތީޖާ ނުކުމެދާނެ. އެއްވެސް ގައުމަކަށް އެފަދަ ކަމެއް ފިލައިގެން ނުދާނެކަމުގެ ޔަގީންކަން ދޭނަން،” ޕްރެސް ބްރީފިންގައި ޕްރައިސް ވިދާޅުވި އެވެ.




