ޚަބަރު

ރަމަޟާންމަހު ފިހާރަތައް ދަންވަރު 1 ޖަހަންދެން ހުޅުވާފަ ބެހެއްޓޭނެ – އިކޮނޮމިކް މިނިސްޓްރީ

ކުރިއަށް އޮތް ރޯދަ މަހު މުދާ ވިއްކާ ފިހާރަތައް ދަންވަރު 1:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ރޭ ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެގޮތަށް އަމަލު ކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ރޯދަ މަސް ފެށޭނީ އަންނަ މަހުގެ ކުރީކޮޅެވެ.

މިނިސްޓްރީން ބުނީ ޝައްވާލް މަހުގެ ހަތް ދުވަސް ނިމެންދެން އެ ގަޑީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

މި މުއްދަތުގައި ކެފޭ އަދި ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close