ޚަބަރު

ޓްރައިނިން ހަދަމުންދިޔަ ސިފައިންގެ 2 މީހެއް ހާލުދެރަވެ، މާލެ ގެނެސް ފަރުވާދެނީ


ޓްރައިނިން ހަދަމުންދިޔަ ސިފައިންގެ 2 މީހެއް ހާލުދެރަވެ، މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީގައި ޓްރައިނިން ހަދަމުންދިޔަ 2 ސިފައިންގެ މީހެއްހެ ހާލު ދެރަވެގެން މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ. މިހާދިސާގައި ފަރުވާ ދެމުންދާ ދެމީހުންގެ ހާލަތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެވެ.

ސިފައިންގެ ޓްރޭނިން ހަދަމުން ދަނިކޮށް މިމަހުގެ 7 ވަނަ ދުވަހު ވަނީ މީހަކު ނިޔާވެސް ވެފައެވެ.

ނިޔާވެފައިވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ. ރާފިލް މާފިލާފުއްޓަށް ދިޔަ ފަހުން ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބޭނުންވާ ކަން ފާހަގަކުރެވިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އެއް ކޮމެންޓް

  1. ނައިފަރު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރާފިލް ނިޔާވެފައިވާ ކަމަށް ބުނެފައިވާ ވާހަކަ އެއީ ކަޑައެޅިގެން ދޮގު ޙަބަރެއް….
    ރާފިލް ގެ ހަށިގަޑު މާފިލާފުށިން ނައިފަރު ހޮސްޕިޓަލް އަށް ގެންދިޔައިރުވެސް މަރުވެފައި ވަނީ…..
    އާއިލާގެ ބަހެއްނެތި އެއްކޮޅުން ނެރޭ ނޫސް ބަޔާންތަކަށް ރިޔާއައް ކޮށް މިފަދަ މައުލޫމާތު ދިނުން އެއީ މިވަގުތު ޢާއިލާއަށް ދެވޭ ވަރަށް ބޮޑު ހިތާމައެއް ކަމުގައި ދަންނަވަން……

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close