ފައްޔާޒް އިސްމާއިލްގެ ކެމްޕެއިނުގައި އުޅެނީ މަޖުބޫރު ވެގެން
ފައްޔާޒް އިސްމާއިލްގެ ކެމްޕެއިނުގައި އުޅެނީ މަޖުބޫރު ވެގެން ކަމަށް ބުނެ ފޮނުވާ މެސެޖް ތަކަކީ ރައީސް ނަޝީދުގެ ފޯނަށް މިހާރު އެންމެ ގިނައިން ލިބޭ މެސެޖްތައް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގައި މިވާހަކަ ވިދާޅުވަމުން އެމްޑީޕީގެ ލީޑަރ ރައީސް ނަޝީދު ވިދާޅުވީ، މިއީ އެމަނިކުފާނުގެ ފޯނަށް އެންމެ ގިނައިން އަންނަ މެސެޖު ކަމަށެވެ.
“އަޅުގަނޑު ހުރީ އަދި މިގޭ މީހުން ތިބީ ރައީސް ނަޝީދާއި ދެކޮޅަކަށް ނޫން, ކެމްޕޭން ކުރީ މަޖުބޫރުވީމަ. މި ވަގުތު އެންމެ ގިނައިން ލިބޭ ޓެކްސްޓް” ރައީސް ނަޝީދުގެ މެސެޖުގައި އޮތް އެއްޗެއް އޮތްގޮތަށް ވަޓްސް އެޕް ގުރޫޕަށް ފޮނުވި މެސެޖުގައިވެއެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގައި ހަމަނުޖެހުންތައް ބޮޑުވި ވާހަކައަށް އިޝާރާތް ކުރައްވާ ނަޝީދުގެ މެސުޖުގައި ވަނީ އެމަނިކުފާނުގެ ފެކްޝަނުން ޗެއަޕާސަން ކަމަށް ވާދަކުރައްވާ އިންތިއާއި އިދިކޮޅު ކެންޑިޑޭޓު ފައްޔާޒް އިސްމާއިލާއި، އޭނާއަށް ތާއިދުކުރައްވާ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމަށްވެސް ބަހުގެ ހަމަލާތައް ރައްދުކުރައްވާފައެވެ.
އެގޮތުން ރޮޒައިނާއާއި ފައްޔާޒްއަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ”އެހާބޮޑަށް އަތް އުކައި, ކަނޑިކި ނަގާ, ކަރުބުޑުން ނެރޭ އަޑުފަށްގަނޑު ނެރެ ހަޅޭލެވުމަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހުތުރެއް” ކަމަށެވެ.


އެމް،ޑީ،ޕީގެ އާއްމު މެމްބަރުންނާމެދު އިހުމާލު ވެފަވާތާ ދުވަސް ގަޑެއްވެއްޖެ އެކަމުގެ ޒިންމާ ރައީސް ނަސީދު ނަންގަވަން ޖެހޭނެ ،އިންސާފާ ހަމަހަމަ ކަން ދައްކަން ކުރައްވާ ކަމަކީ ޕާޓީ މެމްބަރުން ބާކީކޮއް އެކަހެރިކުރަނީ ކޮންމެ ފަދަ ކަމެއްދިމާވިޔަސް އިންސާފާ ހަމަހަމަ ކަމޭ ކިޔާ ޕާޓީ މީހާއާ އަޅާނުލަނީ،އާއްމު މެމްބަރުން ފެންނަނީ ވޯޓު ހަދާން ވީމަ،ރައީސް ޔާމީން ގެ ވެރިކަމުގައި އެޕާޓީގެ އާއްމު މެމެބަރުންނައް ވަރައް ބޮޑައް އަޅާލާ މަގުފަހިކޮއްދެއްވި އެކަލުގެ ނަތީޖާ މިއަދު އެބޭފުޅާގެ ފަހަތުގަ އެލަސްކަރުއޮތުން އެއީ،އެމް،ޑީ،ޕީގެ ވެރިން ދާއިރާތަކުގެ ބޮޑުން އެއްވެސް ވަރަކައް އާއްމު މެމްބަރެއްގެ ކަމެއްގަ ނޫޅެ މެމްބަރެއްގެ ސަކުވާ ހިފައިގެން ވެރިންނާ ހަމަޔައް ނުދެ އެބޭފުޅުން ހީކުރަނީ އެބޭފުޅުންގެ އަގުވެއްޓެނީކަމައް ،މީހަގީގަތް ވެލިދޫ ދާއިރާ މީ އެއްވެސް ވަރަކައް މެމްބަރުންގެ ބޮޑުކަމެއްގަ އަޅާލާ ބޮޑުން ނެއްތަނެއް.
Kurimathi laigen mi ulhenee raees nasheedh?
Kuri mathi laigen mi ulhenee raees nasheedh tha?