ޚަބަރު

އެމްޑީޕީގެ ޕީޖީ ޑީލަރު އަސްލަމްގެ ތާއީދު ފައްޔާޒަށް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ތާއީދު ކުރައްވާނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކަމަށް ޕާލަމެންްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ފޯރި ގަދަވަމުން އަންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި ފައްޔާޒާއު ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ16 ވަނަ ދުވަހު އެވެ.

އަސްލަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އިންތިހާބުގައި ފައްޔާޒަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށާއި އޭނާގެ ލީޑާޝިޕްގެ ދަށުން އެމްޑީޕީއަށް އާ އުސްމިންތަކަކަށް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ފައްޔާޒް ވަނީ ލީޑާޝިޕާއި ގާބިލިއްޔަތުކަން ސާބިތުކޮށްދެއްވައިފާ ކަމަށާއި އަދި އޭނާ އަކީ އަބަދުވެސް ގަބޫލުކުރާ ކަންކަމުގެ މަތީގައި ސާބިތުވެ ހުރި ހަރުދަނާ ސިޔާސީ ލީޑަރެއްކަން ފާހަގަ ކުރައްވާ އަސްލަމް ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close