ޚަބަރު

މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ މިސްޓަ މޯލްޑިވްސް މުބާރާތުގެ  2020 ގައި ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.  

އެސޯސިއޭޝަންގެ 25 ވަނަ އަހަރީ ދުވަސް 2020 ވަނަ އަހަރު ފާހަގަ ކުރުމަށް ހަމަޖެހިފައިވާއިރު މުބާރާތް އޮންނާނީ މިއަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މުބާރާތް ވީހާވެސް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެސޯސިއޭޝަންއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިސްޓަ މޯލްޑިވްސް 2020ގައި ބައިވެރި ވެވޭނީ ހަމައެކަނި ދިވެހިންނަށްކަމަށްވެސް ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް މަޢުލުމާތުދެއެވެ.

މުބާރާތުގެ ރެޖިސްޓްރޭޝަން މިހާރު އާއްމުކޮށް ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 1 މާޗް 2020 ވާ އާދިއްތަ ދުވަހު. އަދި މިދުވަހަށްފަހު އެއްވެސް ފަރާތެއްގެ ފޯމް ބަލައި ނުގަންނާނެކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލުމާތުދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close