މާލެއަށް އުދައަރައިފި
ކޮންމެވެސް ވަރަކަށް މާލެއަށް މިރޭ އުދައަރައިފިއެވެ. ކާނިވާ ސަރަޙައްދާއި، ހެންވޭރު ބްރިޖް ވިއު ޕްލެޓްފޯމް ސަރަޙައްދަށް މިރޭ އުދައަރާފައިވަނީ ގާތްގަޑަކަށް 8:45 ހާއިރުއެވެ. މި ސަރަޙައްދުތަކަށް އުދައެރިނަމަވެސް އެއްވެސް މުދަލަކަށް ގެއްލުންވެފައެއް ނުވެއެވެ. ނަމަވެސް އުދަ އެރުމާއި ގުޅިގެން މަގުމައްޗަށްވަނީ ފުދޭވަރަކަށް ގިނައިން ވެލި ޖަމާވެފައެވެ. އެވެލިތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުންދަނީ ކުރަމުންނެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ އުދަ އަރަމުންދަނީ މޫސުން ގޮސްވުމާއި ގުޅިގެން ނޫން ކަމަށާއި، އުދައަރަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެތަކުގެ ބާންޏަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ.
މިއީ މިރޭ އެންމެ ބޮޑަށް ދިޔަވަރު ބޮޑުވު ވަގުތެވެ. ނެޓުން ބުނެފައިވަނީ ދެން ދިޔަވަރު ބޮޑުވާނީ މާދަމާ މެންދުރުފަހު 13:30ހާއިރުކަމަށެވެ.
މިވަގުތުގައި މާލެއާއި އަދި ބިން ތިރިކޮށް ހުންނަ ރަށްތަކަށް ކޮންމެވެސް ވަރަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.

އުދަ ނޫނަކަސް އަރާނެ