ޚަބަރު

ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދޭން ފެށުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ

ރަޝިއާ އިން ޔުކްރެއިން އަށް ހަލަމާ ދޭން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެއެވެ.

ބްރެންޓުގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރުވަނީ 101.23 ޑޮލަރަށް މިއަދު އަރައިފައެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރީ 99.38 ޑޮލަރަށެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ އެއް މިންގަނޑު، ބްރެންޓުގެ އަގު ބޮޑުވިއިރު، ޑަބްލިއުޓީއައި ތެލުގެ އަގު ވެސް ވަނީ އުފުލިފަ އެވެ. ޑަބްލިއުޓީއައިގެ ސާފުނުކުރާ ތެޔޮ ފީފާއެއްގަ އަގު ހުރީ 96.36 ޑޮލަރު ގައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނާތީވެ، އޭގެ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ.

އެސްޓީއޯއިން މިމަހުގެ 13 ވަނަ ދުވަހު ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި ދަނީ އުފުލެމުން ކަމަށާ މީގެ ސަބަބުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ އެތައް ގުނައެއް އުފުލިފައި ކަމަަށެވެ.

މި އުފުލުމާއެކު މި ވަގުތު އެސްޓީއޯ އިން ޕެޓްރޯލް ލިޓަރެއް ވިއްކަނީ 12.98ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް 13.04ރ. އަށެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އުފުލެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close