ރަޝިޔާގެ ވެރިންނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާއި އޭނާގެ އިސް ޑިޕްލޮމޭޓް ސަރްގެއި ލަވްރޯވްއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އަދި ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ ޓީމުގެ މެމްބަރުންނަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާއިރު، އޭގެ ތެރޭގައި ދިފާއީ ވަޒީރު ޝޮއިގުއާއި، ފަސްޓް ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ގެރަސިމޯވްވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވެއެވެ.
” ޔޫކްރެއިންގެ ރައްޔިތުންނަށް ދިން ލާއިންސާނީ އަދި އަސްލެއް ނެތް ހަމަލާގެ ސަބަބުން ޔޫއެސްގެ ޓްރެޜަރީ އިން ރަޝިއާ ފެޑެރޭޝަނާއި ރައީސް ޕޫޓިންއަށް އަދިވެސް ދަނީ ދަތިކުރަމުން،” ޓްރެޝަރީ ސެކްރެޓަރީ ޖެނެރަލް ޔެލެން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
“ރަޝިޔާއިން ޔޫކްރެއިންއަށް އިތުރަށް އަރައިގަތުމުގެ ސަބަބުން ރަޝިޔާއިން އިގްތިސާދީ އަދި ޑިޕްލޮމެޓިކް ގޮތުން ބޮޑު އަގެއް ދައްކަން ޖެހޭކަން ކަށަވަރު ކުރުމަށްޓަކައި ބައިނަލްއަގްވާމީ އެކުވެރިންނާއި ބައިވެރިންނާއެކު އަޅުގަނޑުމެން މިތިބީ އެއްބައިވަންތަކަމާއެކު. އަދި، ރަޝިޔާއިން ދުނިޔޭގެ މައިދާނުގައި އަމަލުކުރަމުންދާ ބިރުވެރި ޢަމަލުގެ ސަބަބުން ރަޝިޔާއަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެ ނަމަ، އެކަމަށް ތައްޔާރަށް އޮތް ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޕުޓިންއަކީ އެމެރިކާއިން ކަނޑައަޅާ މަދު ގައުމުތަކުގެ ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އދގެ މައި މަރުކަޒުގައި ބާއްވާ ބައްދަލުވުންތަކަށް އާންމުކޮށް ނިއުޔޯކަށް ވަޑައިގަންނަވާ ލަވްރޯފްއަށް އަދިވެސް އެކަން ކުރުމުގެ ހުއްދަ ލިބުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް އޭނާގެ މައްޗަށް ހަރުކަށި އުސޫލްތަކެއް ގެންގުޅުއްވާތަން ފެނިވަޑައިގަންނަވަނީ ހަމައެކަނި އޭނާގެ ހޮޓަލުން އދއަށް ދަތުރުކުރެއްވުމުގެ ހުއްދަ ދެއްވުމަށް ކަމަށް ލަވްރޯފް ވިދާޅުވިއެވެ.
އެންމެ ފަހުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ނޯޑް ސްޓްރީމް 2 ޕައިޕްލައިން ހުއްޓާލުމާއި ރަޝިއާގެ ބޭންކުތައް އެމެރިކާގެ މާލީ ނިޒާމުން ވަކިކޮށްލުން ހިމެނެ އެވެ.



