ޔޫކްރޭނުގައި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ސައުދީއޮތީ އެހީތެރިވާން ތައްޔާރަށް: ޕްރިންސް ފައިސަލް
ޔޫކްރޭންގެ ދަތިކަމަށް ސިޔާސީ ހައްލެއް ހޯދުމަށް ސައުދީ އަރަބިއްޔާއިން އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށް ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަންގާރަ ދުވަހު ރިޔާޟުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އާއި އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.
ޕްރިންސް ފައިސަލް ވިދާޅުވީ ކްރައިސިސް ނިމުމަކަށް ގެނެސް، ސަލާމަތާއި ހަމަޖެހުން ހޯދުމަށް ސިޔާސީ ހައްލަކަށް ވާސިލްވުމަށް އަމާޒުކޮށްގެން ކުރާ މަސައްކަތަށް ކިންގްޑަމް ތާއީދުކުރާ ކަމަށެވެ.
ލަވްރޯވް ރިޔާޒަށް ވަޑައިގެންނެވީ ބަހްރެއިން އިން ފުރައިވަޑައިގެން ރަސްގެފާނާއި ވަލީއަހުދުއާ ބައްދަލުކުރައްވައި ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
މާޗް މަހު ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ މޮސްކޯއާއި ކިއެވްއާ ދެމެދު މެދުވެރިވުމަށް ހުރިހާ މަސައްކަތެއް ކުރުމަށް ކިންގްޑަމް އޮތީ ތައްޔާރަށްކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ދަންނަވާފައެވެ.


