ޗެމްޕިއަންސް ލީގު ފައިނަލް ޕެރިހުގައި ބާއްވަން ޔުއެފާއިން ނިންމައިފި
ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގައި ބާއްވަން އޮތް މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕެރިހުގައި ކުޅޭ ގޮތަށް ޔުއެފާއިން ނިންމައިފިއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އަންނަ މޭ މަހުގެ 28 ވަނަ ދުވަހު ރަޝިއާގެ ޒެނިތު ޕީޓާސްބާގުގެ ގެޒްޕްރޯމް އެރީނާގައި ބޭއްވުމަށް ކުރިން ޔޫއެފާއިން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ޔުއެފާއިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ނިންމީ މެއި މަހުގެ 28ގައި ޕެރިހުގައި ކުޅޭގޮތަށެވެ.
މިއަދު ބޭއްވި ބައްދަލުވުމަށްފަހު ޔުއެފާއިން ނެރުނު ބަޔާނުގައި ބުނީ މިގޮތަށް ނިންމީ ވަރަށް ގިނަ މަޝްވަރާތަކަކަށްފަހު ކަމަށާއި، ފައިނަލް މެޗު އެޤައުމުގައި ބާއްވަން ރަޝިޔާއިން މާބޮޑު އަޅާލުމެއް ދީފައިނުވާތީ އެހެން ޤައުމަކަށް ބަދަލުކުރަން މަޖުބޫރުވީ ކަމަށެވެ.
ރަޝިޔާގެ ޕިޓަސްބާގައި ޔުއެފާ ޗެމްޕިއަންސް ލީގު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ނަމަވެސް މިހާރު ޔޫކްރެއިންގައި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ހިންގަން ނިންމަވާފައިވާކަން ރަޝިއާގެ ރައީސް ޕުޓިން ހެނދުނު އިޢުލާން ކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ، ރަޝިއާގެ ސިފައިން ވަނީ ޔޫކްރޭނަށް ހަމަލާދޭން ފަށާފައެވެ.



