ކުޅިވަރު

‘އަހަރެންނަކީ އިންސާނެއް – ލިވަޕޫލުގެ ތަރި ވޭން ޑިޖޯކް ފާޑުކިޔުންތަކަށް ރައްދު

ލިވަޕޫލުގެ ތަރި ވޭން ޑިޖޯކް އޭނާ އަށް ކިޔާ ފާޑުކިޔުންތަކުގެ ރައްދުގައި އޭނާ އަކީ އިންސާނެއް ކަމުގައި ބުނެފިއެވެ.

ލިވަޕޫލުގެ ޑިފެންޑަރު ވާޖިލް ވޭން ޑިޖޯކް އަށް ފާޑު ކިޔުންތައް އަމާޒުވެފައިވަނީ މިފަހަކަށްއައިސް އޭނާގެ ޕާފޯމަންސް ދަށްވުމުގެ ސަބަބުން ކަމުގައި ބެލެވެއެވެ.

އޭނާބުނީ އޭނާ އަކީ ވެސް އިންސާނެއް ކަމަށާއި އަބަދު އެއްފެންވަރެއްގެ ނުކުރެވޭނެ ކަން ޤަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

ނެދަލެންޑްސް އިންޓަނޭޝަނަލް އިން މިދިޔަ ސީޒަނުގެ ބާކީ ބައި ރެޑްސްއަށް ގެއްލުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޑާބީ ގައި ކުޅުނު މެޗު އެއްވަރުވެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

ވޭން ޑިޖޯކް ގެ ކުޅުން ދަށްކަމަށް ބުނާއިރު ލިވަޕޫލުން ޕްރިމިއާ ލީގުގައި ކުޅުނު 20 މެޗުގެ ތެރެއިން 18 މެޗުގައި އޭނާ ވަނީ ކުޅެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close