ބޭރުދުނިޔެ

ސައުދީ ވަލީ އަހުދާއި، އިނގިރޭސި ބޮޑުވަޒީރާއި ދެބޭފުޅުން ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި

ސައުދީ ވަލީ އަހުދާއި، އިނގިރޭސި ބޮޑުވަޒީރާއި ދެބޭފުޅުން ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ސައުދީ ޕްރެސް އެޖެންސީގެ ރަސްމީ އެސްޕީއޭ އާ ހަވާލާދީ ސައުދީ ގެ ރަސްމީ ނޫސް އޭޖެންސީ ހުކުރު ދުވަހު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ގެ ފޯނު ކޯލެއް ލިބިފައިވާ ކަމަށެވެ.

މި ފޯނު ކޯލުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި، އެކި ދާއިރާތަކުން ކަންކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އަދި އާންމު މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close