ޚަބަރު

ސަރުކާރާ ދެކޮޅަށް ނުކުންނަ ފެނަކައިގެ މުވައްޒަފުންނަށް ވަޒީފާ ދޭނަން: ނިމާލު

ސަރުކާރާ ދެކޮޅަށް ނުކުންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ވަޒީފާ އިޔާދަކޮށްދެއްވާނެ ކަމަށް އެ ކުންފުނީގެކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވެއްޖެއެވެ.

ނިމާލު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބޭރުގެ ނުފޫޒަށް އަޅުވެތިވެފައިވާ މި ކޮރަޕްޓް ސަރުކާރާ ދެކޮޅަށް ފެނަކައިގެ މުވައްޒަފުންނުކުމެއްޖެ ނަަމަ، ޕީޕީއެމްގެ ވެރިކަމެއްގައި އެ މުވައްޒަފުންނަށް ވަޒީފާ ދެއްވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެން އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި، ފެނަކައިން ވަޒީފާ ގެއްލިއްޖެ ނަމަ، މާ އުފާވެރި ފުރުސަތުތައްލިިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ފެނަކައިގެ އެމްޑީކަން ކުރެއްވި ދުވަސްވަރުގެ ފޮޓޯއެއް ހިއްސާ ކުރައްވައި، ނިމާލު ކުރެއްވި ޓްވީޓުގައި އެނބުރި އަންނާނެކަމަށްވެސް ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ނިމާލު މިހެން ވިދާޅުވިއިރު، ސަރުކާރާ ދެކޮޅަށް އަޑު އުފުލައިގެން ވަޒީފާ ގެއްލޭފަރާތްތަކަށް އަލުން ވަޒީފާ އިޔާދަކޮށްދެއްވާނެ ކަމަށް ދާދި ފަހުން ރައީސް ޔާމީން އަބްދުލްގައްޔޫމު ވެސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close