ޚަބަރު

ކޮވިޑް-19: ޖެނުއަރީމަސް ނިމުން އިރުވެސް ޢަދަދުތައް ކޮންޓްރޯލު ނުވެ

ރާއްޖޭގައި ކޮވިޑް ޙާލަތު އިތުރަށްގޯސްވެ، ކޮވިޑް ފެތުރެމުންދާ ބާރު މިނަށް ކޮންޓްރޯލެއް ނައިސް، ބަލި ޖެހޭ މީހުންގެ ޢަދަދާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވެމުންދާ މީހުންގެ ޢަދަދު އަންނަނީ އަދިވެސް ހަމަ އިތުރުވަމުންނެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރަށް ބަލާއިރުވެސް ރާއްޖެއިން މުޅިން އަލަށް 2754 މީހުންނަށްވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރޭގައި މާލެއިން 1407 މީހަކާއި އަތޮޅުން ތެރެއިން 962 މީހުން އަދި ރިސޯޓުތަކުން 48 މީހަކު ހިމެނެއެވެ.

ޖެނުއަރީމަސް ނިމިގެން މިދިޔައީ މާލޭގެ ޢަދަދުތައްވެސް ހާހުން ދަށްނުވެކަން ފާހަގަކުރަން ޖެހެއެވެ. އަދި މިހާރު ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ މީހުންގެ ޢަދަދަކީ 63 ކެވެ.

ކޮވިޑް ބަލީގައި އިއްޔެވެސް ރާއްޖެއިން އިތުރު މީހަކު ނިޔާވެފައިވާއިރު، މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 276 ށް އަރާފައެވެ.

އެޗް.ޕީ.އޭ ގެ ވިސްނުން ހުރީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ނުކޮށް ބައްޔާއިއެކު އުޅޭށެވެ.

ޖަނަވަރީމަހު އެކަނިވެސް މުޅި ރާއްޖެއިން މުޅިން އަލަށް ކޮވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ 43000 ށްވުރެ މައްޗަށް އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close