ޚަބަރު

ލޭ ހަދިޔާކޮށްދޭން އެދިއްޖެ

ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވުމާއެކު ލޭ ހޯދަން ދަތިވެފައިވާ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން ހާމަކޮށްފިއެވެ.

އެ ސާވިސް އިން ކުރި ޓުވީޓެއްގައި ބުނީ މާލެ ސަރަހައްދުގައި ކޮވިޑްގެ ވޭދަނަތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ލޭ ލިބުން ވަރަށް ދަތިވެފައިވާ ކަމަށެވެ. މި ދަނޑިވަޅުގައި އާންމުން ލޭ ހަދިޔާކޮށްދެއްވުމަށްވެސް އެ ސާވިސް އިން ވަނީ އެދިފައެވެ.

ރާއްޖޭގެ ލޭ އަޅާ މީހުންގެ އާބާދީ ގިނަ އިން އުޅޭ އިރު އެކި އޮޕަރޭޝަންތަކަށާއި ބަލިތަކުގެ ސަބަބުން ވެސް ލޭ އަޅާ މީހުން ތިބެއެވެ. ކޮވިޑްގެ ސަބަބުން މިފަދަ ވަރަށް ގިނަ ފަރާތްތަކަކަށް ލޭ ހޯދުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައިކަން ފާހަގަ ކުރެވެއެވެ.

ކޮވިޑަށް ފައްސިވުމަށް ފަހު ރަނގަޅުވާ މީހުންނަށް ލޭ ހަދިޔާ ކުރެވޭނީ އެމީހާ ރަނގަޅުވާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ފަހުންނެވެ. އަދި ކޮވިޑް ޖެހިފައިވާ ފަރާތަކާއި ބައްދަލުވެފައިވާ ފަރާތެއްނަމަ ކަރަންޓީނު ނިމުމުން ބަލީގެ އަލާމާތެއް ނެތް ނަމަ ލޭ ހަދިޔާ ކުރެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close