ޚަބަރު

ލޭ ހަދިޔާކުރާ މީހުންގެ ޑިޖިޓަލް ދަފްތަރެއް މިއަހަރު އިފްތިތާޙް ކުރަނީ

ލޭ ހަދިޔާކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޚާއްޞަ ޑިޖިޓަލް ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަހަރުގެ ތެރޭގައި އެ ނިޒާމް އިފްތިތާޙް ކުރާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ޖަލްސާގައި އޭނާ ވިދާޅުވީ، މި ދަފްތަރުގެ ސަބަބުން ލޭ ބޭނުންވާ ފަރާތްތަކާއި ލޭ ހަދިޔާކުރާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން އަވަސްވެ، ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލަސީމިއާ ކުދިންގެ ފަރުވާއަށް ދޭ އިސްކަމުގެ ދަށުން، ތެލަސީމިއާ ސެންޓަރުގެ 35 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހުވެސް ލޭ އެޅޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މިއަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ޑީއެންއޭ ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، ‘ވަންގަވް’ ޕޯޓަލް މެދުވެރިކޮށް ތެލަސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ވެސް ވަނީ ޤާއިމްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް ތަނުގައި ތަޢާރަފްކުރާ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ސީއީއޯ ވިދާޅުވީ، 2025 ވަނަ އަހަރުގެ ތެރޭގައި އެންޑޯކްރައިނޮލޮޖީގެ ޚިދުމަތާއި، ހިމޮޓޮލޮޖީ އަދި ބޯންމެރޯ ޓްރާންސްޕްލާންޓާ ގުޅޭ ޓެސްޓުތައް ހެދޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. ލޭ ހަދިޔާކުރުމަކީ މަތިވެރި އިންސާނީ ޚިދުމަތެއްކަން ފާހަގަކުރައްވައި، މިކަމުގައި އެހީތެރިވާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close