ޚަބަރު

ޚިޔާނާތްވި ބީއެމްއެލްގެ މުވައްޒަފު ސަސްޕެންޑްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެތޭރެގެ ބޮޑު ޚިޔާނާތުގެ ޢަމަލު ހިންގި މުވައްޒަފު ސަސްޕެންޑް ކޮށްފިކަމަށް ވަރަށް މުޢުތަބަރު ފަރާތަކުން ނާރެސްމީޑިއާ އަށް މަޢުލޫމާތު ލިބިއްޖެއެވެ.

ސަސްޕެންޑްކުރި މުވައްޒަފުވަނީ 4.9 މިލިއަނެއްހާ ރުފިޔާއަށް ޚިޔާނާތްތެރިވެފައި ކަމަށް ބޭންކުންވެސް ވަނީ ބުނެފައެވެ.  ބީއެމްއެލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މުވައްޒަފު ޚިޔާނާތްތެރިވެފައިވަނީ އެ ބޭންކަށް ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާއަށް ނޫންކަމަށެވެ. އަދި އެ މުވައްޒަފު ބޭނުންކޮށްފައިވާ 4.9 މިލިއަނެއްހާ ރުފިޔާއަކީ ބޭންކްގެ ފައިސާކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

އެ ބޭންކުން ކުރި އިންޓަރނަލް އޮޑިޓުން ކުރި ތަހްގީގުން ދައްކާގޮތުގައި ބޭންކުގެ މުވައްޒަފަކު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އިންޓަރނަލް އެކައުންޓްތަކުގެ މުޢާމަލާތް ކުރުމަށް އޭނާ އަށް ދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަފައިވާކަމަށެވެ. އަދި މީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަން އިތުރަށް ތަހްގީގުކުރުމަށާއި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް ހުށަހަޅާފައިވާކަމަށްވެސް އެ ބީއެމްއުލްއިން ބުނެއެވެ.

ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ޤަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓަރނަލް ކޮންޓްރޯލްތައް ބޭންކް އޮފް މޯލްޑިވްސްގައި ވަނީ ގާއިމްކުރެވިފައިވާކަމަށް އެ ބޭންކުން ބުނެއެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއްކޮށްފިނަމަ ތަހްޤީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުޤީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close