ހުޅުމާލޭ ދެވަނަ ފޭސް ގައި ހުރި ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެއްޖެ
ހުޅުމާލޭ ދެވަނަ ފޭސް ގައި އިމާރާތްކޮއްފައިވާ 7000 ފްލެޓް ހުންނަ ސަރަހަށްދުގައި މަސައްކަތް ކުރާ ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކް އެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވަމުން ދާކަމަށް އެމްއެންޑީއެފް އިންބުނެފިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 11:08 ހާއިރު ކަމަށްވެސް މަޢުލޫމާތު ދެއްވައެވެ.
ރޯވި އަލިފާން ވަނީ މާބޮޑަށް ފެތުރިގެން ދިއުމުގެ ކުރިން ނިއްވާލާފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި ނަމަވެސް އަލިފާން ރޯވި އެކޮމަޑޭޝަން ބްލޮކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
