ބޭރުދުނިޔެ

ރަޝިޔާއިން ޔޫކްރެއިން ދީފާނެ ހަމަލާއަކަށް، ޕެންޓަގަންއިން 8،500 ސިފައިން ‘ހައި އެލާޓް’ ގައި

ރަޝިޔާއިން ޔޫކްރެއިން ދީފާނެ ހަމަލާއެއްގެ އިންތިޒާރުގައި، ޕެންޓަގަންއިން 8،500 ސިފައިން ‘ހައި އެލާޓް’ ގައި ތިބިކަމަށް އެމެރިކާއިން ބުނެފިއެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާރބީ ވިދާޅުވީ 8500 ސިފައިންގެ ތެރެއިން ގިނަ ސިފައިން ބައިވެރިވާނީ ނޭޓޯގެ ރެސްޕޮންސް ފޯސްއެއްގައި ކަމަށާއި އެ ފޯސް ވަރަށް އަވަހަށް އެކްޓިވޭޓް ވެދާނެ ކަމަށެވެ.

ދިފާއީ ވުޒާރާގެ އޮފިޝަލުން ވިދާޅުވީ، ބާކީ ތިބި ސިފައިންނަކީ، ޔޫކްރެއިންއާ މެދު ރަޝިޔާއިން ގެންގުޅޭ ޕްލޭންތައް ނޭޓޯގެ އިރުމަތީ ފަޅީގައި ހިމެނޭ ބޯލްޓިކް އަދި އެހެން ގައުމުތަކަށް ވެސް ފޯރާނެ ކަމުގެ ބިރު ހީވެފައިވާ އިރުމަތީ ޔޫރަޕްގައި ތިބި އެމެރިކާގެ އެކުވެރިންނަށް ޔަގީންކަން ދިނުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށެވެ.

ހަމަލާއެއް ދިނުމާމެދު “ރަޝިޔާގެ އެއްވެސް ވިސްނުމެއް މިވަގުތު ނެތްކަން ވަރަށް ސާފު،” އެހެންކަމުން މިއީ ނޭޓޯގެ ގައުމުތަކަށް އޮތް ޔަގީންކަމެއް.”ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކާރބީ ވިދާޅުވި އެވެ.

ކާރބީ މިކަން ހާމަކުރައްވާފައި މިވަނީ، ބޯލްޓިކް އަދި އިރުމަތީ ޔޫރަޕްގައި ހަރަކާތްތެރިވާ ނޭޓޯގެ ބައިވެރިންނަށް އެމެރިކާގެ އެތައްހާސް ސިފައިންނާއި، ހަނގުރާމަމަތީ މަނަވަރުތަކާއި، މަތިންދާ ބޯޓުތައް ފޮނުވުމަށް ރައީސް ޖޯ ބައިޑަން ވިސްނަވަމުން ގެންދަވާ ކަމަށް ނިއުޔޯކް ޓައިމްސްއިން އާދީއްތަ ދުވަހު ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ރަޝިޔާއިން ޔުކްރެއިންއަށް ދީފާނެ ކޮންމެ ހަމަލާއެއް ހުއްޓުވުމުގައި އެމެރިކާ އޮތީ އަބަދުވެސް ތައްޔާރީ ހާލަގުގައި ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close