އިއްޔެ ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވް މީހުންގެ ޢަދަދު ތިރިވެލުމަށްފަހު މިއަދު އަނެއްކާވެސް 2000 ން މައްޗަށް އަރައިފިއެވެ.
އެޗް.ޕީ.އޭ އިން މިރޭ ހާމަ ކުރި މަޢުލޫމާތު ތަކަށް ބަލާއިރު މާލެއިން 1325 މީހުން ކޮވިޑަށް މުޅިން އަލަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖެތެރޭ ރަށްތަކުން 681 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރިސޯޓުތަކުންވަނީ 54 މީހުން ޕޮޒިޓިވް ވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 7574 ސާމްޕަލް ނަގާފައިވާއިރު، މުޅި ޖުމުލަ ރާއްޖެއިން މިއަދު ޕޮޒިޓިވް ވެފައިވަނީ 2349 މީހުންނެވެ.
މިހާރު އެޑްމިޓްކޮށްގެން 48 ފަރާތަކަށް ފަރުވާދެމުންދާކަމަށް އެޗް.ޕީ.އޭ އިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ މިދުވަސްކޮޅު ޢަދަދުތައް ހާމަކުރުން ފިޔަވައި އިތުރު ހަރުދަނާ ފިޔަވަޅެއް އަޅާތަނެއް އެޗް.ޕީ.އޭ އަކުންވެސް ނުފެނެއެވެ.