ޚަބަރު

ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް ވަގުތީ ހިޔާގެ ގޮތުގައި ހަމަޖައްސައިފި

ހުޅުމާލެގައި ހުންނަ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްވެސް ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޯވިޑް19ގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެ މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ އެހީތެރިކަމާއެކުގައެވެ. ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްގެ އިތުރުން މާލޭގެ އިމާދުއްދީން ސުކޫލްވެސް ވަނީ ވަގުތީ ހިޔާއަކަށް ބަދަލުކޮށް ބޭނުންކުރަން ފަށާފައެވެ.

ކޯވިޑް-19ގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން ކުލި ނުދެއްކޭ ފަރާތްތަކަށް އެހީތެރިވުމަށް ނިންމާފައިވާއިރު ބޯހިޔާވަހިކަމެއް ނެތް މަގުމަތިވެފައި ތިބި ބަޔަކަށްވެސް ވަނީ މިހާރު ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ ބައެއް ފަރާތްތަކަށް މިދަނޑިވަޅުގައި ކުލިނުދެއްކިގެން މަގުމަތިވެފައިވާ ކަމަށް ބައެއް ޚަބަރުތަކުން އެނގެއެވެ. އަދި އެފަދަ ފަރާތްތަކަށް ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close