ޔަމަނުގެ އުތުރުގައި ހުންނަ ޖަލަކަށް ވައިގެ މަގުން ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ ކަމަށް ހޫތީންގެ އޮފިޝަލެއް އަދި މެޑިކަލް ޗެރިޓީއެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް (މެޑިސިންސް ސައެންސް ފްރޮންޓިއާސް ނުވަތަ އެމް.އެސް.އެފް) އިން ބުނެފިއެވެ.
ހޫތީން މިދިޔަ ހޯމަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކޯލިޝަންގެ މެމްބަރަކަށް އަމާޒުކޮށް އާދަޔާ ހިލާފު ހަމަލާއެއް ދީ، ސައޫދީ ސިޓީތަކަށް މިސައިލް އަދި ޑްރޯން އުދުއްސާލުމާއެކު، ހޫތީ ހަނގުރާމަވެރިންގެ ހަރަކާތާ ގުޅުން ހުރި އަސްކަރީ އަމާޒުތަކެއް ކަމަށް ބުނެ ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނަކުން ދޭ ހަމަލާތައް ވަރުގަދަކޮށްފި އެވެ.
ހުކުރު ދުވަހު ހޫތީން އާންމުކުރި ފުޓޭޖްތަކުން ފެންނަ ގޮތުގައި، ސާދާގައި ހުންނަ ވަގުތީ ޑިޓެންޝަން ސެންޓަރަށް ފަތިހު ދިން ބަޑީގެ ހަމަލާތަކާ ގުޅިގެން، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ވަނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން ހަށިތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.
ސައުދީ އަރަބިއްޔާގެ އުތުރުގެ ކޮންޓްރޯލް އޮންނަ ހޫތީ ސަރުކާރުގެ ހެލްތު މިނިސްޓަރު ތާހާ އަލް މޮޓަވޭކާލް އެސޯސިއޭޓެޑް ޕްރެސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖަލުގައި ބަންދުކޮށްފައި ތިބި 70 މީހުން މަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޒަޚަމްވި ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެމް.އެސް.އެފްގެ ތަރުޖަމާނަކު އޭއެފްޕީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިހަމަލާގައި 70 މީހުން މަރުވެ، 138 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މި އަދަދުތައް އައިސްފައިވަނީ ސާދާގެ އެއް ހޮސްޕިޓަލަކުން ކަމަށާއި، އެ ސިޓީގެ އިތުރު ދެ މީހަކަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށާއި، އަދިވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.