ޚަބަރު

ކުޅިވަރު މުބާރާތްތަކުގައި ހިޖާބު އެޅުން މަނާކުރުމަށް ފްރާންސްގެ މަތިގެއިން ފާސްކޮށްފި

ކުޅިވަރު ފެޑެރޭޝަންތަކުން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓްތަކާއި މުބާރާތްތަކުގައި ބައިވެރިވުމަށް “ފާޅުކަން ބޮޑު ދީނީ ރަމްޒުތައް ހެދުން” މަނާކުރާ ގޮތަށް ފަރަންސޭސި މަތިގެއިން ހުށަހެޅި ގާނޫނަށް އިސްލާހު ގެނައުމަށް ތާއީދުކޮށް އަންގާރަ ދުވަހުގެ ރޭ ފަރަންސޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން ވޯޓު ދީފި އެވެ.

ސެނެޓަރުންގެ ލިޔުމުގައި ވަރަށް ސާފުކޮށް ބުނެފައި ވަނީ އެ އިސްލާހުގެ މަގުސަދަކީ “ކުޅިވަރު މުބާރާތްތަކުގައި ބުރުގާ އެޅުން” މަނާ ކުރުން ކަމަށެވެ. އެމީހުން އިތުރަށް ބުނީ ބޮލުގެ އިސްތަށިގަނޑު ނިވާކުރުމުގެ ސަބަބުން އެތުލީޓުންގެ ޑިސިޕްލިންއަށް މައްސަލަތަކެއް ދިމާވާނެކަމަށާއި، ޕްރެކްޓިސް ކުރާއިރު އެ ކުޅުންތެރިން އަޅައިގެން ތިބޭ ހެދުމުގެ ސަބަބުން ކުޅުންތެރިންގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ.

ކަނާތު ފިޔައިގެ ޖަމާއަތެއް ކަމަށްވާ ލެސް ރިޕަބްލިކަންސް އިން ފަރަންސޭސި ސަރުކާރާ ދެކޮޅު ހުށަހެޅި މި އިސްލާހު ފާސްވީ 160 ވޯޓުންނެވެ. ސެނެޓާއި ތިރިގޭގެ މެމްބަރުން ގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުން މިހާރު އެއްވެ، އެ ލިޔުން ޝާއިއު ކުރުމުގެ ކުރިން އެ ލިޔުމަށް ކޮމްޕްރޮމައިޒް އެއް ކުރަން ޖެހޭ ކަމަށާއި އޭގެ މާނައަކީ އެ އިސްލާހު އަދިވެސް ފޮހެލެވިދާނެ ކަމަށެވެ.

2024 ވަނަ އަހަރު ޕެރިސް އޮލިމްޕިކްސް އަށް އެ ގައުމުގެ ސަރުކާރުން މަނާ ކުރި ކުރުން ތަންފީޒު ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން އޮލިމްޕިކް އޯގަނައިޒިން ކޮމިޓީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވާކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފަރަންސޭސި ޕާލަމެންޓްގެ ތިރިގޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މި ވޯޓު މިދެއްވީ، ފަރަންސޭސިވިލާތުގެ “ހަރުކަށި އިސްލާމިސްޓުން” ގެ ކިބައިން ފަރަންސޭސިވިލާތް ރައްކާތެރިކުރުމަށާއި، ފަރަންސޭސި އަގުތަކަށް އިޙްތިރާމްކުރުން ކުރިއެރުވުމުގެ މަޤްޞަދުގައި މިސްކިތްތަކާއި، މަދަރުސާތަކާއި، ކުޅިވަރު ކްލަބްތަކުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމުގެ ބިލެއް ފާސްކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

ފަހަކަށް އައިސް ފްރާންސަށް ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. އެކަމަކު ފާޑުކިޔާ ފަރާތްތަކުން ވެސް ދެކެނީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން މެކްރޮންގެ ސެންޓްރަލް ޕާޓީއަށް ކަނާތު ފިޔައިގެ މީހުން އޮޅުވާލުމަށް އެ ގާނޫނަކީ ސިޔާސީ މަކަރުވެރި ރޭވުމެއްގެ ގޮތުގަ އެވެ.

ސެނެޓަރުން ގެ އިސްލާހުގައި ބުނެފައިވަނީ ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ދީން ބޭނުންކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށާއި، ނަމަވެސް ޚިޔާލު ތަފާތުވުންތައް އިސްކުރުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

ސެނެޓަރުން ވޯޓު ދިން އިސްލާހުގައި ބުނެފައި ވަނީ “ދީނީ ރަމްޒުތައް އަޅައިގެން އުޅޭ ގޮތާ މެދު މިއަދު ގާނޫނީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ ކަމަށާއި، އެ އުސޫލަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް” ކަމަށެވެ. “ބުރުގާ އެޅުން ކަނޑައެޅިގެން މަނާ ނުކުރާނަމަ، ދީނީ ބައެއް ނިޝާންތައް ޕްރޮމޯޓްކުރާ ކޮމިއުނިޓީ ސްޕޯޓްސް ކްލަބްތައް އުފެދުމަކީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި.” އަކަށީގެންވާ ކަމެކެވެ.

ފަރަންސޭސި ފުޓްބޯޅަ ފެޑެރޭޝަނުން މިހާރުވެސް ވަނީ ރަސްމީ މެޗުތަކުގައި ހިޖާބު އެޅުން އަންހެނުންނަށް މަނާކޮށް، އަދި އެ ފެޑެރޭޝަނުން އިންތިޒާމުކުރާ މުބާރާތްތަކުގައި ވެސް ހިޖާބު އެޅުން މަނާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close