ޚަބަރު

އެމް.ޑީ.ޕީ އަށް 65 ގޮނޑި ލިބިއްޖެނަމަ ދީނީ މިނިވަންކަން ގެންނާނެ – ޝުޖާއު

އެމް.ޑީ.ޕީ އަށް 65 ގޮނޑި ލިބިއްޖެނަމަ ދީނީ މިނިވަންކަން ގެންނާނެކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީޕީއެމް.ޕީއެންސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ 64 ގޮނޑި މިހާރު ވެސް ލިބިފައި އޮއްވައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް މުޅި ދައުލަތް ދާއިރާގައި އޮތީ ގާނޫނުއަސާސީ ބަދަލުކޮށް ދީނީ މިނިވަންކަން ގެނައުމަށް އެ ގޮނޑި ބޭނުންވާތީ ކަމަށް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޖަލްސާގައިވެސް ޝުޖާއު ވަނީ މިހާރު ރާއްޖޭގައި އިންޑިއާގެ ނުފޫޒު އިތުރުވަމުން އަންނަ މިންވަރާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މި ސަރުކާރުން ކޮޗިން ފެރީ ވަރަށް ބޮޑަށް އިސްތިހާރު ކުރި ނަމަވެސް އާހިރުގައި އެ ފެރީން އެތެރެ ކުރީ އިންޑިއާގެ ސިފައިންނާއި ހަތިޔާރު ކަމަށެވެ.

އަދި އިންޑިއާ އައުޓް ހަރަކާތް ހިންގަނީ އިންޑިޔާ ސިފައިން ތިބުމާއި ދެކޮޅަށް ކަމަށާއި އެއީ އިންޑިއާގެ ޓީޗަރުންނާއި އެގައުމުގެ ޑޮކްޓަރުންނާއި ދެކޮޅުވެރިވެގެން ހިންގާ ހަރަކާތެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

“އިންޑިއާގެ ސިފައިން މިތަނުގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތް އަޅުގަނޑުމެން މި ހިންގަނީ. އެއަށް ދިގުކޮށް ނަން ނުކިޔަން ވެގެން ކިޔާ ނަމެއް އިންޑިއާ އައުޓް މިއީ. އެކަމާ ރަށްރަށުގައި ތިބޭ ޓީޗަރުން ދެކޮޅުވަންޏާ އަޅުގަނޑުމެން އެއަށް ބުނާނެ އެއްޗެއް ނެތް.” ޝުޖާއު ވިދާޅުވިއެވެ.

އެއް ކޮމެންޓް

  1. Denmark ga oiy meeting ehga Nasheed/Anni aa direct koh suvaalu kurany, “Mulhi dhuniyeygaives Christian dheenaa emme idhikolhy Saudhi Arabiyya aai Dhivehiraajje kan faahaga kurevey… Manikufaanah verikan libihjehyaaa ekan badhalukuraanantho Dhivehiraajje in, , Javaabugai Nasheed buny shakkeiy neiy gothuga Dhivehi raajje in ekan huhtuvai Dheenee minivankan dheyne kamah.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close