ޚަބަރު

އައްޑޫ އާއި ހުވަދޫ އާއި ދެމެދު ސީދާ ދަތުރުތައް މޯލްޑިވިއަން އިން ފަށަނީ

އައްޑޫ އާއި ހުވަދޫއާ ދޭތެރޭ ސީދާ ދަތުރުތައް ގައުމީ އެއަރލައިން މޯލްޑިވިއަންއިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކަމާއި ގުޅޭގޮތުން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ، 15 ޑިސެމްބަރު ވާ އާދިއްތަ ދުވަހުން ފެށިގެން އައްޑޫ އާއި ހުވަދޫއާއި ދެމެދު މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓްތައް ފެށިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ޝެޑިއުލް ފްލައިޓްތައް އިތުރު ކޮށްފައިވާއިރު، ބައެއް ފްލައިޓްތަކުން އެންމެ އަގު ހެޔޮ ފެއަރ ވެސް ވަނީ ތަޢާރަފު ކޮށްފައެވެ. އެގޮތުން ޖުމްލަ ހަތް ސެކްޓަރއަށް މި ފެއަރތަކުގައި ފްލައިޓްތައް އިތުރު ކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close