ޚަބަރު

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް – އާޒިމް

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް  ކަމުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް މިހެން ވިދާޅުވެފައި މިވަނީ މިމަހުގެ މާލޭގެ ކަރަންޓް ބިލުތަކަކީ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލުތަކެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން ޑރ.މުޢިއްޒު އަށް ރައްދު ދެއްވަމުންނެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ ‏މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭގޮތް ވެފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ‏އާޒިމް މިއަދު ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށެވެ. އަދި އެކަން އެގޮތައް ދިމާމިވަނީ ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު އިންނެވި ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޞާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުންކަމަށެވެ.

ކަރަންޓު ބިލު ބޮޑުވާ މައްސަލައިގައި ސްޓެލްކޯގެ މައްސަލައެއް ނޫޅޭކަމަށް ތަކުރާރުކޮށް އެކުންފުނިން އަންނަނީ ބުނަމުންނެވެ. އަދި ކަރަންޓް ބިލު ބޮޑުވަނީ ކަރަންޓް ބޭނުންކުރާ ގޮތުންނާއި ބައެއް ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާތީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެއް ކޮމެންޓް

  1. Iyye kankuri goi ragalhu nuveemaa badhalu genaee. dhen evaahaka dhakkaigen hama eh nujesseyne. thiyakan fennaanee vote laan jehuneemaathaa dhw

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close