އަފްޣާނިސްތާނު: އިގުތިސޯދީ ހީނަރުކަން އިތުރުވެ މަސައްކަތްތެރިންގެ އުޖޫރައަށް ފައިސާގެ ބަދަލުގައި ގޮވާން ދެނީ
ތާލިބާނުންގެ ސަރުކާރުން އަންގާރަ ދުވަހު ބުނީ އެ ގައުމުގެ އިޤްތިޞާދީނަރުކަން އިތުވާތީ ‘ފުޑް ފޯ ވޯކް’ ޕްރޮގްރާމް ފުޅާކުރަމުން އަންނަ ކަމަށާއި، އެ ޕްރޮގްރާމްގެ ދަށުން މަސައްކަތެރިންގެ އުޖޫރައަށް ނަގުދު ފައިސާގެ ބަދަލުގައި ޕަބްލިކް ސެކްޓާގެ އެތައް ހާސް މުވައްޒަފުންނަށް ގޮވާމުގެ ބާވަތްތައް ދޭން ނިންމާފައިވާ ކަމަށެވެ.
އެމެރިކާއިން ވާގިވެރިވާ ކާބުލްގެ ކުރީގެ ސަރުކާރަށް އިންޑިއާއިން ހަދިޔާކުރި ގޮވާމުގެ ތެރެއިން، 40،000 މަސައްކަތްތެރިންނަށް ދުވާލަކު ފަސް ގަޑިއިރު މަސައްކަތް ކުރުމަށް 10 ކިލޯގެ ގޮވާން ދިނުމަށް ބޭނުން ކުރަމުންދާ ކަމަށް ދަނޑުވެރިކަމުގެ އޮފިޝަލުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.
ކާބުލްގައި ހިންގާ ޕަބްލިކް ވޯކްސް ޕްރޮގްރާމްތަކަށް މި ސްކީމް މުޅި ގައުމުގައި ފުޅާކުރާނެ ކަމަށް އެ މީހުން ބުނެ އެވެ.
“އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ވީ މިންވަރަކުން އެހީވާން ތައްޔާރަށް،” އެގްރިކަލްޗާ މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފަޒުލް ބާރީ ފަޒްލީ ވިދާޅުވި އެވެ.
ފަޒްލީ ވިދާޅުވީ، ތާލިބާނުންގެ ސަރުކާރުން މިހާރުވެސް ޕާކިސްތާނުން އިތުރު 37 ޓަނުގެ ގޮވާން ލިބިފައިވާ ކަމަށާއި، އިތުރު 55 ޓަނުހޯދުމަށް އިންޑިއާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
“ވޯކް ޕްރޮގްރާމަށް ބޭނުންވާ ކާނާ ގެ ވަރަށް ގިނަ ޕްލޭންތައް އެބަހުރި،” އޭނާ ވިދާޅުވި އެވެ.
ހަދިޔާކުރި ގޮވާމުގެ ތެރެއިން ސީދާ އިންސާނީ އެހީގެ ގޮތުގައި ބޭނުންކުރާނީ ކިހާ މިންވަރެއްކަމާއި، މަސައްކަތްތެރިންނަށް މުސާރަ ދޭނީ ކިހާ މިންވަރަކަށްކަމެއް އަދި ސާފުވެފައެއް ނުވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޠާލިބާނުންގެ ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ނުތަނަވަސްކަން އިތުރުވެ، އެހީދޭ ފަރާތްތަކުގެ މަދަދާއި އެހީއަށް ބަރޯސާވާން ޖެހިދާނެއެވެ.



