ޚަބަރު

ދަތުރުފަތުރު ކުރާ ފަރާތްތަކުން، ނަތީޖާ ލިބެންދެން ކަރަންޓީނަށް ދެވޭނެ – އެޗްޕީއޭ

ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް  ނަގަންދާ މީހުން ގިނަ ތޮއްޖެހެން ފެށުމުން އެޗްޕީއޭގެ ޤަވާޢިދު ބަދަލުކޮށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ކަރަންޓީނުވާގޮތަށް ދަތުރު ކުރުމުގެ ހުއްދަދޭން އެޗްޕީއޭއިން ނިންމައިފިއެވެ.

މިބަދަލު ގެނެސްފައި މިވަނީ ކޮވިޑްގެ ކޭސްތައް މައްޗަށް ދާތީ އިއްޔެގެ ވަގުތެއްގައި އެޗްޕީއޭއިން އުސޫލުތަކެއް ކަނޑައެޅިތާ މަދު ގަޑިތަކެއްގެ ތެރޭގައެވެ.

މިބަދަލު ގެނެސްފައިވަނީ 72 ގަޑިއިރުގެ ނެގަޓިވް ޕީސީއާރް ނަތީޖާއަކާއެކު ނޫނީ މިއަދުން ފެށިގެން މާލެއިން ރަށްރަށަށް ނުދެވޭގޮތަށް ނިންމުމުން ސާމްޕަލް ނެގުމަށްޓަކައި ގިނަ ބަޔަކު ސޯޝަލް ސެންޓަރު ކައިރީ ކިޔޫހަދާ ޝަކުވާތައް ފުނިޖެހުމުން ނެވެ.

އެގޮތުން ފަހުން ގެނައި ބަދަލުގައިވަނީ ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބުނަށް ކުރިއަށް އޮތް ދެ ދުވަހު މާލެއިން ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ރަށްރަަށަށް ގޮސް ނަތީޖާ ލިބެންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

ރޭގެ ވަގުތެއްގައި ސޯޝަލް ސެންޓަރުން ފެށިގެން ހިރިޔާ ސްކޫލާ ހިސާބަށް ޕީސީއާރް ހަދަން ކިޔޫ ހަދާފައިވައިރު އޭގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ އެތައްބަޔަކު ހިމެނެ އެވެ، އެމީހުންގެ ޝަކުވާއަކަށްވީ އެއަށްވުރެ ހަރުދަނާ އުސޫލަކުން ސަރުކާރުން ކަންކަން ނިންމުމަށާއި އެތައްބަޔަކު ޗުއްޓީއަށް މާލެ އައިސް ރަށްރަށަށް ދަތުރު ކުރަން ހަމަޖެހިފައިވައިރު ސާމްޕްލް ނެގޭނެ ފަސޭހަ ނިޒާމެއް ހަމަޖެއްސުމަށެވެ.

ރޭގައި ސާމްޕްލް ނަގަން ގިނަބަޔަކު އެއްވުމުން ކްލިނިކްތައްވެސް ވަނީ ފުލްވެފަ އެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ މިއީ ޓެގްޓީމްގައި އިސްކޮށް އުޅޭ ފަރާތްތަކަށް އެމީހުންގެ ވިޔަފާރި ކުރިއަރުވަން ލިބުނު ފުރުސަތެއް ކަމަށެވެ.

ފައިސާއަށް ޕީސީއާރ ޓެސްޓު ހަދައިދެމުން އަންނަ ކްލިނިކްތަކުން މިކަން ކުރަނީ 600 ރުފިޔާ އަށްވުރެން މަތިން އަގު ނަގައިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close