ބޭރުދުނިޔެ

އިންގްލެންޑުން ދޮޅު މިލިޔަނަށްވުރެ ގިނަ މީހުންނަށް އަލަށް ކޮވިޑް-19 ޖެހިއްޖެ

އިންގްލެންޑުން 162،572 މީހުންނަށް އަލަށް ކޮވިޑް-19 ޖެހިފައިވާއިރު، މިއީ އިތުރު ރެކޯޑެކެވެ.

އަދި އިންގްލެންޑުން މި ބަލީގައި 154 މީހަކު ފާއިތުވި 28 ދުވަހުގެ ތެރޭގައި ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް ހުރިނަމަވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރުމާއި މީހުން މަރުވާ މިންވަރު ކުރީގެ ރާޅުތަކަށްވުރެ ދަށް މިންވަރެއްގައި ހުރީ ހިފެހެއްޓިފައެވެ.

ސްކޮޓްލެންޑް، ވޭލްސް އަދި ނޮދަން އަޔަލެންޑުން ވަނީ ނައިޓްކްލަބް ތައް ބަންދުކުރުމާއި، ޕަބްތަކުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ އުސޫލްތަކާއި، އެއްވެ އުޅުމަށް ހުއްދަ ދޭ މީހުންގެ އަދަދު ލިމިޓްކުރުން ފަދަ ފިޔަވަޅުތައް ތައާރަފުކޮށްފައެވެ.

އެކަމަކު އިނގިރޭސިވިލާތުގެ އާބާދީގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް ކޮވިޑް ބަލީގައި ހިއްސާކުރާއިރު އިތުރު އާ ފިޔަވަޅުތަކެއް ގެނެސްފައެއް ނުވެ އެވެ. ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވީ އެއްވެސް އާ ފިޔަވަޅެއް  ތައާރަފު ކުރާނީ އެންމެފަހު ފައިނަލް ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close