ބޭރުދުނިޔެ

ޗައިނާއަށް އައި ބިންހެލުމާ ގުޅިގެން ގެއްލުނު މީހަކު 17 ދުވަސް ފަހުން ސަލާމަތްކޮށްފި

ޗައިނާގެ ހުޅަނގު ދެކުނަށް އައި ބިންހެލުމާ ގުޅިގެންގެއްލުނު މީހަކު 17 ދުވަސް ފަހުން ފަރުބަދަމަތީ ހިސާބަކުން ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ސިޗުއާން ޕްރޮވިންސަށް އައި 6.6 މެގްނިޓިއުޑްގެ ބިންހެލުމުގައި 93 މީހުން މަރުވެ 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

އެމީހާ ގެއްލުނީ ގަން ޔޫ ޑިއުޓީގައި ހުރި ހައިޑްރޯޕަވަރ ޕްލާންޓުގައި އެހެން މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ބިންގަނޑު ކަނޑައިގެން ދިޔަ ހިސާބަކުން ކަމަށް ލޯކަލް މީޑިއާތަކުން ބުނެއެވެ.

އޭނާ ދިރިހުއްޓާ ފެނުނު ނަމަވެސް ގައިގެ އެތަންމިތަން ޒަހަމްވެފައި ވާއިރު އެމީހަ ފެނިފައިވަނީ މިދިޔަ ބުދަ ދުވަހު އެއަވަށުގެ ރައްޔިތަކަށެވެ.

މިސްޓަރ ގަން އާއި އޭނާގެ އެކުވެރިޔާ ލުއޯ ޔޮންގް 5 ސެޕްޓެމްބަރުގައި ވަންޑޮންގް ހައިޑްރޯޕަވަރ ޕްލާންޓުގައި މަޑުކުރީ އަނިޔާވި އެކުވެރިންނަށް ފުރަތަމަ އެހީ ދިނުމަށާއި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށްޓަކައެވެ.

އެއަށްފަހު އެމީހުން ފުރަން މަސައްކަތް ކުރީ، ޕްލާންޓުގެ ވަށައިގެންވާ ފަރުބަދަތަކުގައި ގާތްގަނޑަކަށް 20 ކިލޯމީޓަރު (12 މޭލު) ހިނގާފައި ގޮސްގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close