ރައީސް ސޯލިހުގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިއީ ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިފެށޭ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.



ބޭހަށްތަ؟ އޯރ ބިޒްނަސް ޓްރިޕެއް އޯރ ޖަސްޓް ހަމަ ޓްރެވެލިންގ؟؟؟؟
މަޖާ ކުރަން ލަންކާއަށް ދެވޭ.އެކަމަކު ލަންކާ ސަރުކާރާ ވާހަކަ ދައްކައިގެން އެތަނުގައި ދިރި އުޅޭ ދިވެހިންގެ ވިސާއަށް ބަދަލެއް ނުގެނެވުނު.މިހާރު ދެއަހަރުގެ ކުދިން ފެށިގެން ބޮލަކަށް އައްޑިހަ ހާހަށް އަރައިފި.މިއީ ދުވަހަކުވެސް ލަންކާ އިން ނެގި ވަރެއް ނޫން. މިތަނުގައި ހުންނަ އެމްބަސީ އަކީ އަވަށު އޮފީހަކުން ކުރާ ވަރަށް ވެސް މަސައްކަތް ކުރެވޭ ތަނެއް ނޫން.
އެމްބަސީ ތެރޭގައި އުޅޭ މީހަކު ބުނީ އެމްބެސެޑަރު އޮންނަނީ އަންގާފައޭ ދިވެހިންނާ މާގިނައިން ބައްދަލު ކޮށް ވާހަކަވެސް ނުދައްކަން