ކުޅިވަރު

އެސްޓަން ވިލާގެ ހެޑް ކޯޗު ސްޓީވަން ގެރާޑް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އެސްޓަން ވިލާގެ ހެޑް ކޯޗު ސްޓީވަން ގެރާޑް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެކްލަބުން ހާމަކޮށްފިއެވެ.

ގެރާޑް އަށް ކޮވިޑް ޖެހުމން އެ ކްލަބަށް ދެން ޕްރިމިއާ ލީގުގައި ކުޅޭ ދެ މެޗުގައި އޭނާ ނުފެންނާނެ ކަމަށް އެ ކްލަބުން ވަނީބުނެފައެވެ.

“އެސްޓަން ވިލާއިން ހެޑް ކޯޗު ސްޓީވަން ގެރާޑް އަށް ޗެލްސީ އާއި ލީޑްސް ޔުނައިޓެޑާއެކު ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ދެ މެޗުގައި ބައިވެރިނުވެވޭނެކަން ޔަގީން ކުރެވޭނެ، އެއީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އައިސޮލޭޓް ވާނެތީ،” އެ ކްލަބުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ބާރންލީގެ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އިން އެންމެ ފަހުން ކުޅުނު މެޗު ފަސްކުރީ ވިލާ ކޭމްޕްގައި ކޮރޯނާވައިރަސް ފެތުރެން ފެށުމުން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކިކް އޮފް ކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ލީޑްސް އިން ލިވަޕޫލަށް ކުރި ޒިޔާރަތުގެ ސަބަބުން ޔޯކްޝަޔާރ ކްލަބުގައި ކޮވިޑު ގެ އައުޓްބްރޭކެއް އައިސް، އަނިޔާގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެލެންޑް ރޯޑްގައި ވިލާ ކުޅޭ މެޗާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

ބުދަ ދުވަހު ޖެރާޑް ބުނީ އޭނާގެ ކްލަބަށް ދެ ދުވަސް ތެރޭ ދެ މެޗު ކުޅެން ޖެހިއްޖެ ނަމަ އެއީ “ބިރުވެރި ހުވަފެނެއް” ކަމަށާއި ހަމައެކަނި ތިބީ 14 ކުޅުންތެރިން ކަމަށެވެ. އޭނާ އިތުރަށް ބުނީ އެ ކްލަބުގެ އެންމެން ވެސް ތިބީ އިންފެކްޝަނެއް ޖެހިދާނެތީ ކަންބޮޑުވެފައި ކަމަށެވެ.

“ހަފުތާ ބަންދުގައި އަހަރެމެންނަށް ދިމާވި ހާލަތެއް، އެއް ކުޅުންތެރިޔަކު އޭނާގެ ބޭރަށް ނުކުތުމަށް އުޒުރުވެރިވީ އޭނާގެ ގައިން ކޮންމެވެސް ވަރެއްގެ އަލާމާތްތަކެއް ފެންނާތީ، އޭނާގެ ޒުވާން އާއިލާއެއް އެބައޮތް، އޭނާގެ ހާލަތު އެންމެންނަށް ވެސް އިނގޭނެ،” ޖެރާޑް ބުންޏެވެ.

“އެއްވެސް މީހަކު މި ވައިރަސް ހޯދަން ބޭނުން ނުވޭ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޢާއިލާ ޙިމާޔަތް ކުރަން ބޭނުންވާނެ. މިއީ އަހަރެމެންގެ މަސައްކަތެއް، އަދި ތިޔަބޭފުޅުން އަބަދުވެސް އިސްކަން ދެއްވާ ކަމަކީ، ތިޔަބޭފުޅުންގެ ޢާއިލާއަކަށްވެ، ހަމަ ކަށަވަރުންވެސް އެކަން އޮތީ އެހެން.” ގެރާޑް ބުންޏެވެ.

ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯން ވެސް އިނގިރޭސި ވިލާތުގައި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close