ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒާ ދެކޮޅަށް ވަކާލާތު ކުރެއްވި ލީޑަރަކު 90 އަހަރުގައި އަވަހާރަވެއްޖެ
ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒާ ދެކޮޅަށް ވަކާލާތު ކުރެއްވި އިސްލީޑަރެއް ކަމަށްވާ އާކިޗްބިޝްޕް ޑެސްމޮންޑް ޓޫޓޫ، ޢުމުރުފުޅުން 90 އަހަރުގައި އަވަހާރަވެއްޖެއެވެ.
ދެކުނު އެފްރިކާގައި ދޮން ނަސްލުގެ މައިނޯރިޓީ ވެރިކަމާ ދެކޮޅަށް ކުރި ޖިހާދުގެ ތަޖުރިބާކާރު އަދި ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ އާކްޝޮޕް ޑެސްމޮންޑް ޓޫޓޫ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާކުރައްވަމުން ދަނިކޮށެވެ.
ޓޫޓޫއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން އެނގުނީ 1990ގެ ފަހުކޮޅުގައި ކަމަށާއި ފަހުގެ އަހަރުތަކުގައި އޭނާގެ ކެންސަރު ގެ ފަރުވާއާ ގުޅުން ހުރި އިންފެކްޝަންތަކަށް ފަރުވާ ކުރުމަށް އެކި ފަހަރު މަތިން ހޮސްޕިޓަލްގައި އެޑްމިޓްކުރި ކަމަށްވެއެވެ.
“އެންމެ ފަހުން، އުމުރުން 90 އަހަރުގައި، އޭނާ އަވަހާރަވީ މިއަދު ހެނދުނު ކޭޕް ޓައުންގެ އޮއޭސިސް ފްރެއިލް ކެއާ ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށްކަމަށް، އާކިޗްބިޝްޕް ޑެސްމޮންޑް ޓޫޓޫ އައިޕީ ޓްރަސްޓް ގެ ވަގުތީ ޗެއާޕާސަން އަދި އާކިޗްބިޝްޕްގެ އޮފީހުގެ ކޯ-އޯޑިނޭޓާ ޑރ ރާމްފެލާ މަމްފެލޭ ވިދާޅުވި އެވެ.
1984 ވަނަ އަހަރު ޓޫޓޫއަށް ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވިއިރު، އޭނާ ވަނީ އެޕާތައިޑްއާ ދެކޮޅު ނޮން-ވަޔަލެންޓް ހަރަކާތުގެ ބާނީއަށް ވެފައެވެ. އަދި އެ އަނދިރި ދުވަސްތަކުގައި ހިންގާފައިވާ ޖަރީމާތައް ނައްތާލުމަށް ޓަކައި “ޓްރޫތް އެންޑް ރިކޮންސިލިއޭޝަން ކޮމިޝަން” ގެ ރިޔާސަތު އޭނާ ބެލެހެއްޓެވި އެވެ.
ދެކުނު އެފްރިކާގެ ސަރުކާރުން ޢާއްމުކުރި މެސެޖުގައި، ދެކުނު އެފްރިކާގެ އާބިޗްބިޝްޕް އެމެރިޓަސް ޑެސްމޮންޑް ޓޫޓޫ އަވަހާރަވުމަކީ، ދެކުނު އެފްރިކާގެ ރައްޔިތުންނަށް ލިބުނު ފޫނުބެއްދޭވަރުގެ ހިތާމައެއްކަމުގައި ބަޔާންކޮށްފައެވެ.

