ޚަބަރު

ޝައިޚް ޙަޞީނާގެ އިސްތިޤުބާލަށް ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުމުން ފާޑުކިޔުން އަމާޒުވެއްޖެ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ދެއްވި ދައުވަތަކަށް، ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ ވަޑައިގެންނެވިއިރު އެކަމަނާގެ އިސްތިޤުބާލަށް ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުމުން އެކަމަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގެ ބޮޑު ޤައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގެންނެވިއިރު، އެކަމަނާގެ އިސްތިޤުބާލުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އިންޓަރނޭޝަނަލް ކާރޓެސީއާއި ޚިލާފަށް ކަމަށެވެ.

ބޮޑުވަޒީރު ޝައިޚް ޙަޞީނާގެ އިސްތިޤުބާލަށް، “އިންޓަރނޭޝަނަލް ކާރޓެސީ”ގެ އުޞޫލުތަކާ ޚިލާފަށް ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުމުން، މިއަދުގެ ސަރުކާރަކީ ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހި ދައުލަތް ތަމްޘީލުކުރުމުގެ ޤާބިލުކަން ނެތް ސަރުކާރެއްކަން ހާމަވެގެންދޭ!

ޑރ.އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ބޮޑުވަޒީރު ޝައިޚް ޙަޞީނާގެ އިސްތިޤުބާލަށް ވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިންއެފެއާޒް އަޙުމަދު ޚަލީލާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދެވެ. ސަރުކާރުގެ އިތުރު އެއްވެސް ބޭފުޅަކު އަދި ވެރިއަކުވެސް އެކަމަނާގެ އިސްތިގުބާލުގައި ބައިވެރިވެފައި ނުވެއެވެ.
މިފަދަ ފާޑުކިޔުއްވުމެއް ކިޔުއްވި އަނެއްބޭފުޅަކީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރކަމާއި އަދިވެސް ސަރުކާރުގެ މަތީ ފެންވަރުގެ މަޤާމްތަކެއް އަދާކުރައްވާފައިވާ އަލްފާޟިލް ޢަލީ އާދަމް އެވެ. އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވަނީ ބަނގުލަދޭސް ވެސް އެއީ ދުނެޔޭގަ އެންމެން ގަބޫލުކުރާ މުސްތަގިއްލު ގައުމެއް ކަމަށާއި، އެ ގައުމުގެ ސަރުކާރުގެ އެންމެ އިސް ވެރިޔާ ރާއްޖެ ވަޑައިގަތީމަ އެކަމަނާ އަށް މަރްހަބާ ދަންވަން އެތާ ހުންނެވީ ސިޔާސީ އެކްޓިވިސްޓުން ގެ ފެންވަރުގެ މަގާމުތައް ދީފަ ވާކަހަލަ ސުޓޭޓު މިނިސްޓަރެއްކަމަށެވެ.

https://facebook.com/AliAdam1978/posts/10160262231498313


ޝައިޚް ހަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާއަށް އެރުވި ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މިއީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާއެވެ.
‎މި ދަތުރުފުޅުގައި އެކަމަނާ އާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
‎ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެޤައުމުގެ މެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރީ 22 ސެޕްޓެމްބަރ 1978ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close