ޚަބަރު

މިއަދު މާލޭގައި ޒުވާނަކު ޒަހަމްްވީ މީހަކު ދިން ހަމަލާއަކުންް ނޫން – ފުލުހުން

މިއަދު މާލޭގައި މީހަކު ޒަހަމްވެފައި ވަނީ މީހެއްގެ ފަރާތުން ލިބުނު އަނިޔާއަކުން ނޫން ކަމަށް ފުލުހުން ހާމަކޮށްފިއެވެ. އެކަމަކު އެ އަނިޔާ އެމީހާއަށް ލިބުގޮތެއް ފުލުހުން އަދިި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 8:21 ހާއިރު މާލޭ މައްޗަންގޯޅިން މީހަކަށް އަނިޔާވެފައިވާކަމަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން އަނިޔާވެފައިވާ މީހާއަށް ލިބިފައިވާ އަނިޔާއަކީ މީހަކު ދިން ހަމަލާއެއްގެ ސަބަބުންްް ލިބިފައިވާ އަނިޔާއެއް ނޫން ކަމަށް އެނގިފައިވާކަމަށެވެެ.

އެ އަނިޔާއަކީ އަނިޔާ ލިބުނު މީހާ ގެންގުޅުނު އެއްޗެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެެ.

އެ ހަމަލާގައި އަނިޔާވެފައިވަނީ ޢުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭޑީކޭ ހޮސްޕިޓަލުގައި މިހާރު އޭނާއަށް ފަރުވާދެމުންދާ ކަމަށެވެ. އެ ގޮތުން ޒުވާނާގެ ސާޖަރީއެއް ކުރަން ތައްޔާރުވަމުންދާކަމަށް އެނގިފައިވެއެވެ.

މީސްމީޑިއާގައި ޢާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު, ޒުވާނާ ޒަހަމްވި ސަރަހައްދުގައި ވަރަށް ގިނައިން ލޭ ހުރި މަންޒަރު ފެނެއެވެ. އޭނާއަށް އަނިޔާލިބިފައި ވަނީ ކީހިނެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close