ޚަބަރު

ކާބުލްގައި އޮގަސްޓް މަހު އެމެރިކާ ސިފައިން ދިން ޑްރޯން ހަމަލާގައި ގޯހެއް ނެތްކަމަށް އެމެރިކާއިން ނިންމައިފި

ނިއުޔޯކް ޓައިމްސް އާއި އެމެރިކާގެ ބައެއް ނޫސްތަކުން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮގަސްޓް މަހު ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ 10 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ހަތް ކުޑަކުދިންވެސް ހިމެނުނުއިރު،މިހަމަލާގައި އެއްވެސް ގޯހެއް ނެތްކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ނިންމައިފިއެވެ.

ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އެކަން އެގޮތަށް ނިންމާފައިވަނީ އަސްކަރިއްޔާގެ އެއްވެސް މެމްބަރަކާއި ޑިސްކަސް ކުރުމަކާ ނުލައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ މަހު ޕެންޓަގަންގެ އެތެރޭގެ ރިވިއުއެއް ނިންމާލާފައި ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަކީ ހަނގުރާމައިގެ ގާނޫނުތަކާ ހިލާފު ކަމެއް ނޫން ކަމަށާއި އެއީ ޖިނާއީ އިހުމާލެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށެވެ.

އޮސްޓިންގެ ނިންމެވުމާ ބެހޭ ގޮތުން ނިއުޔޯކް ޓައިމްސް އިން އެންމެ ފުރަތަމަ ރިޕޯޓް ކުރީ، ގޮތް ނޭނގޭ ޕެންޓަގަންގެ އިސް އޮފިޝަލަކާ ހަވާލާދީ، އެމެރިކާގެ އަސްކަރިއްޔާގެ ދެ ކޮމާންޑަރަކު ދިން ރެކޮމެންޑޭޝަނަކަށް ޑިފެންސް ސެކްރެޓަރީ ރުހުން ދެއްވީ، ހަމަލާގައި ބައިވެރިވި އެއްވެސް މީހަކު ޑިސިޕްލިން ނުކުރުމަށް ކަމަށް ބުނެ އެވެ.

ވޮޝިންޓަން ޕޯސްޓާއި އެންބީސީ ނިއުސް އަދި އެސޯސިއޭޓެޑް ޕްރެސް އިން ފަހުން ވަނީ އެ ނިންމުން ކަށަވަރުކޮށްދީފަ އެވެ.

ހޯމަ ދުވަހުގެ މެންދުރު ފަހު ބޭއްވި ނިއުސް ބްރީފިންއެއްގައި ތަހުގީގާ ބެހޭ ގޮތުން ސުވާލު ކުރުމުން ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާރބީ ވަނީ މީޑިއާތަކުގެ ރިޕޯޓްތައް ސީދާ ކަށަވަރު ކޮށްނުދެއްވާ ކަމަށް ވިދާޅުވެފައެވެ.

ކާރބީ ވިދާޅުވީ މިދިޔަ މަހު އެމެރިކާގެ ކޮމާންޑަރުންނަށް ޑްރޯން ހަމަލާއާ ގުޅިގެން ތައުރީފް ކުރަން ޖެހިއްޖެ ހާލަތެއްގައި އަސްކަރީ އޮފިޝަލުންނަށް ތައުރީފު ކުރުމުގެ ފުރުސަތު ދޫކޮށްލި ކަމަށާއި، ބޮމުގެ ހަމަލާއަށްފަހު ދެން ކަންތައް ކުރަންވީ ގޮތުގެ ރެކޮމެންޑޭޝަންތައް ހޯދުމަށް އޮސްޓިން ވަނީ އިސް ދެ ޖެނެރަލެއްގެ ކިބައިން އެދިވަޑައިގެންފައި ކަމަށެވެ.

ޖެނެރަލުން އެމީހުންގެ ރެކޮމެންޑޭޝަންތައް ހުށަހެޅީ “ޖަވާބުދާރީ ކުރުވުމުގެ މައްސަލަތަކާ” ނުގުޅޭ ގޮތަށް ކަމަށާއި، އޮސްޓިން އެ ރެކޮމެންޑޭޝަންތަކަށް ރުހުން ދެއްވީ، އިތުރު ތަފުސީލެއް ދެއްވުމެއް ނެތި ކަމަށް ކާރބީ ވިދާޅުވިއެވެ.

“އޮގަސްޓް 29 ވަނަ ދުވަހު ދިން ވައިގެ ހަމަލާއާ ގުޅިގެން އަމިއްލަ ޒިންމާދާރުކުރުވުމުގެ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް އަހަރެން ނުދެކެން،” ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަރުޖަމާނު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close