ޚަބަރު
ކުޑަކުދިން ޝައިޠާނާގެ ކިބައިން ރައްކާތެރިކުރުމަށްޓަކައި ހަދާނީ ކިހިނެއް؟
ކުޑަކުދިން ޝައިޠާނާގެ ކިބައިން ރައްކާތެރިކުރުމަށްޓަކައި އަންނަނިވި ކަންތައްތަކުގެ މައްޗަށް ސަމާލުކަން ދެއްވަވާށެވެ.
- އިރުއޮއްސޭ ގަޑީގައި އެ އަނދިރިކަން ދާންދެން (އިރުއޮއްސުމާއިއެކު ވެގަންނަ އަނދިރިކަން) ގެއިން ބޭރަށް ނުނެރުން.
- އެކުދިން ރައްކާތެރިކުރުމަށްޓަކައި ވާރިދުވެފައިވާ ދުޢާތައް ކިޔުން. މިސާލަކަށް: أُعيذُكما بكلماتِ اللهِ التَّامَّةِ مِن كلِّ شيطانٍ وهامَّةٍ ومِن كلِّ عينٍ لامَّةٍ [ބުޚާރީ 337، ތިރްމިޛީ 2060، އަބޫ ދާއޫދު 4737]
- ފާޚާނައަށް ވައްދާއިރު، ފާޚާނާއަަށް ވަނުމުގެ ކުރިން ކިޔާ ދުޢާ ކިޔުމަށްފަހު ވައްދާ. އެފަދަ ތަންތަނަކީ ޝައިޠާނާ އުޅޭ ތަންތަން.
- ޝައިޠާނުން ޖަމާވެ އުޅޭ ތަންތަނާއި ކުއްޖާ ދުރުކުރައްވާ. މިސާލަކަށް: ބާޒާރުމަތި، ފާޚާނާ، ލަވަ މިޔުޒިކް ކިޔާ، ލަވަ މިޔުޒިކް ޖަހާ އުޅޭ ތަންތަން.
- މަލާއިކަތުން ވަދެވަޑައިނުގަންނަވާ ގޮތަށް ނުވަތަ ޝައިޠާނީ ހާއްޔަކަށް ގޭތެރެ ނުހައްދަވާ. ފުރާނަލީ ތަކެތީގެ ސޫރަ ގޭގައި ނުބަހައްޓަވާ. މިޔުޒިކް ނުޖަހާ. ކީރިތި ޤުރްއާން ޚާއްޞަކޮށް ބަޤަރާ ސޫރަތް ކިޔެވޭ ގެއަކަށް ގެ ހައްދަވާ.
- بسم الله ކިޔާފައި ކޮޓެރީގެ ނުވަތަ ގޭގެ ދޮރު ލައްޕަވާ. އޭރުން އެ ދޮރު ޝައިޠަނާއަކަށް ނުހުޅުވޭނެ.
[ބުޚާރީ އަދި މުސްލިމް]


