ޚަބަރު

ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގައި 16 އަހަރުގެ ކުއްޖަކު މަރާލައިފި

ސޫދާންގެ ޑޮކްޓަރުންގެ މަރުކަޒީ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޫދާންގެ އޮމްދުރްމަން ސިޓީގައި ސަލާމަތީ ބާރުތަކުން ބަޑިޖަހައި 16 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށެވެ.

އާދީއްތަ ދުވަހު މިހާދިސާ ހިނގާފައިވަނީ، ބަޣާވާތެއްގެ ސަބަބުން އެތައް ހަފުތާއެއްވަންދެން ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކަށްފަހު، ސިޔާސީ ހައްޔަރީން ދޫކޮށްލާނެ ކަމަށް ވައުދުވެވަޑައި ގެންނެވި އަސްކަރީ ލީޑަރު އަބްދުލް ފައްތާހް އަލް ބުރްހާންއާއެކު ސިޔާސީ އެއްބަސްވުމެއްގައި ބޮޑުވަޒީރު އަބްދަލާ ހަމްޑޮކް އަލުން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، މުޒާހަރާތައް ކުރިއަށް ދިޔަ ވަގުތުގައެވެ.

މި އެއްބަސްވުމުގެ ދަށުން، 2019 ވަނަ އަހަރު އެގައުމުގައި އުފެދުނު އިންގިލާބެއްގައި ޒަމާންވީ ލީޑަރު އޮމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލުމަށް ފަހު އެންމެ ފުރަތަމަ އައްޔަން ކުރެވުނު ހަމްޑޮކް، އިންތިގާލީ މުއްދަތަކަށް ޓެކްނޮކްރެޓުންގެ މަދަނީ ސަރުކާރެއް ލީޑް ކުރައްވާނެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ފުރިހަމަ މަދަނީ ވެރިކަމެއް ކުރުމަށް ޑިމާންޑްކުރާ ޑިމޮކްރަސީއަށް ތާއީދުކުރާ ޖަމާއަތްތަކުގެ ދެކޮޅުހެދުންތަކާ ކުރިމަތިލާންޖެހިފައި ވެއެވެ. މުޒާހަރާގެ ހަރަކާތުގެ އިސްމީހެއް ކަމަށްވާ ހަމްޑޮކް ބައެއް މީހުންނަށް ވިލަން އަކަށް ވެގެން ދިޔަ އެވެ.

“ހަމްޑޮކް ވަނީ ރިވޮލިއުޝަން ވިއްކާލާފައި،” އެ ޑީލް އިއުލާން ކުރުމާ އެކު މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފަ އެވެ.

މުޒާހަރާގެ އިސް ޖަމާއަތެއް ކަމަށްވާ ސޫދާންޕްރޮފެޝަނަލްސް އެސޯސިއޭޝަން (އެސްޕީއޭ) އިން ވަނީ އެއީ “ކެހިވެރި” ޖަމާއަތެއް ކަމަށް ސިފަކޮށްފަ އެވެ.

ވެރިރަށް ޚަރްތޫމްއާއި، އެ ގައުމުގެ ދެ ސިޓީ ކަމަށްވާ އޮމްދުރްމަން އާއި ބަހްރީގައި ބާއްވަން ހަމަޖެހިފައި އޮތް އެއްވުންތަކަށް އެތައް ހާސް ބަޔަކު ވަނީ އެއްވެފަ އެވެ. މަންޒަރު ދުށް މީހުން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ ސަލާމަތީ ބާރުތަކުން އެމީހުން ފައްސާލުމަށް ޓަކައި ބަޑިއާއި ކަރުނަ ގޭސް ޖަހާފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close