ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 4 މީހަކު މުޅިން ދޫކޮށްލައިފި
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުގެ ތެރެއިން އެބަލިން މުޅިން ރަނގަޅުވެގެން 4 މީހަކު ދޫކޮށްލައިފިއެވެ.
އެއީ ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ މީހުންގެތެރެއިން ފަހުން ހަނދަންޖެހޭ 2 ޓެސްޓުންވެސް ނެގެޓިވްވި 4 މީހުންކަމަށް ނޭޝަނަލް އެމަޖެސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.މުރާދު ވަނީ ރާއްޖޭގައި ކޯވިޑް-19ޖެހުނު މީހުންގެ ތެރެއިން 13 މީހަކު މިހާތަނަށް ރަނގަޅު ވެފައިވާކަން ފާހަގަކުރައްވާފައެވެ.
މި ބަލީގައި މިހާރު ފަރުވާ ދެވެމުންދަނީ 4 މީހަކަށް ކަމަށް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ. އެ 4 މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެއައި 4 ދިވެހިންނެވެ. އެމީހުންގެ ބަލިޙާލަތު ހާމަކުރައްވަމުން ޑރ.ވިދާޅުވީ އެމީހުންގެ ޙާލަތު ރަނގަޅުކަމަށެވެ. އެމީހުންނަށް ފަރުވާދިނުމުގެ މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ބަލިން ރަނގަޅުކުރުމަށްކަމަށް މުރާދު ވިދާޅުވިއެވެ.
އެމީހުން ދޫކޮށްލުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބެލުމަށް 14 ދުވަހުގެ ކަރަންޓީންގައި ބައިތިއްބައި ދޫކޮށްލުމުގެ ކުރިން ކޯވިޑްގެ 2 ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްކޮށް ލިބުމުން ދޫކޮށްލާކަމަށެވެ. މި އުސޫލުގެ ދަށުން މިހާތަނަށް 4 ބަލިން ރަނގަޅުވި 4 މީހަކު ދޫކޮށްލާފައިވާކަމަށް މުރާދު ވިދާޅުވިއެވެ.
ޑޮކްޓަރ ވިދާޅުވީ ކޯވިޑް-19ޖެހޭ މީހުންނާއި ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުންނާމެދު އަމަލުކުރެވޭގޮތަށް ވަރަށް ތަފާތުވާނެކަމަށެވެ. ބައްޔައް ޝައްކުކުރެވިގެން ކަރަންޓީން ކުރެވޭ މީހުން 14 ދުވަސްވަންދެން ކަނޑައެޅިފައިވާ ތަނެއްގައި ބައިތިއްބާއިރު އެމީހުންގެ 14 ދުވަސް ގުނާނީ ކަރަންޓީނަށް ގެންދެވޭ ދުވަސްނޫން ޖެހިގެން އަންނަ ދުވަހުން ފެށިގެންކަމަށްވެސް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

