ހަރުކަށި ފިކުރަށް ލެނބިފައިވަނީ އިސްލާމް ނޫން އެހެން މާއްދާތަކުގެ ޓީޗަރުންކަމަށް އެޑިއުކޭޝަންގެ އިސްބޭފުޅަކު އަޅުގަނޑުގާތު ވިދާޅުވި – ޝައިޚް އަނީލް
މުދައްރިސުންގެ ތެރެއިން ގިނައިން ހަރުކަށި ފިކުރަށް ލެނބިފައިވަނީ އިސްލާމް ނޫން މާއްދާތަކުގެ ޓީޗަރުންކަމަށް ދީނީ ޢިލްމުވެރިއެއްކަމުގައިވާ ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ޝައިޚް އަނީލް މިފަދައިން ވިދާޅުވީ މިއަދު އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
” މުދައްރިސުންގެ ތެރެއިން ގިނައިން ހަރުކަށި ފިކުރަށް ލެނބިފައިވަނީ އިސްލާމް ނޫން މާއްދާތަކުގެ މުދައްރިސުންކަމަށް އެޑިއުކޭޝަންގެ ދާއިރާގެ އިސްބޭފުޅަކު އަޅުގަނޑު ގާތު ވިދާޅުވި. ދީނުގެ ޞައްޙަ މަޢުލޫމާތު ލިބި ތިއްބެވި އިސްލާމް މުދައްރިސުން މިކަހަލަ ފިކުރުތަކުގައި ޖެހުން ވަރަށް ދުރު” ޝައިޚް އަނީލްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޝައިޚް މިފަދައިން ވިދާޅުވެފައި މިވަނީ، ދަރިވަރުން ހަރުކަށި ފިކުރުގެ ވިސްނުމާއި ދުރުކުރުމަށް ރާއްޖޭގައި ސިޔާސީ ޕާޓީތަކުން ހިންގާ ކޮރަޕްޝަންގެ ކަންކަން ބެލުމަށް ވުޖޫދުވެފައިވާ ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސްއާއި އެކު އެޑިއުކޭޝަނުން އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައިވަނިކޮށެވެ.
އަދި އެމް.ޑީ.ޕީ މެއި 6 ކޮމިޓީގެ ފަރާތުން ރާއްޖޭގައި ކިޔަވައިދެއްވާ އިސްލާމް މުދައްރިސުންނަކީ ހަރުކަށި ފިކުރުގެ ބައެއްތޯ ބަލަން ޖެހޭކަމަށް ބުނެފައިވެސް ވަނިކޮށެވެ.
އިސްލާމް ޓީޗަރުންނާއި ޤުރްއާން ޓީޗަރުންގެ ބޮލުގައި ތަފާތު ތުހުމަތުތައް އަޅުވަމުންދާކަމީ ރާއްޖެއިން ފެންނަން އޮތް ޙަޤީޤަތެކެވެ.

Noon noon bodah mikan faahagakurevenee paakisthaanun kiyavaigen annabeyfulhun