ޚަބަރު

މަހަށް ނިކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފި


ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ދޭތެރޭ މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

އައި ވިލާގަނޑެއްގައި ޖެހި، ރާޅެއްގައި ބަންޑުން ޖަހާލި މިޑިންގީ ގައި ދަތުރުކުރީ ކުޑަ ދެ ފިރިހެން ކުދިންނާއި، ބޮޑު ދެ ފިރިހެނުންނެވެ. ޖުމުލަ 4 މީހުންނެވެ.

މިހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑިއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

މިހާދިސާގެ ހިގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 15:40 ހާއިރު އެވެ. މިގޮތުން ނޮދަން އޭރިއާގެ ލޯންޗަށް މިހާދިސާ ފެނިފައި ވަނީ ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ދޭތެރޭ ލޯންޗެއް ބަންޑުންޖަހާލައިގެން ކަނޑުވެފައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގައިގެން އުޅެނިކޮށެވެ.

މިހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި ތިބީ ދެ ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ގަލްފް ކްރާފްޓް ލޯންޗްގައި ތިބި ސިފައިން ވަނީ ވަގުތުން މިހާދިސާއަށް އެޓެންޑްވެ ބަންޑުން ޖަހާލި ލޯންޗްގައި ތިބި ދެ ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސްދީފައެވެ.

އަދި އެނބުރި ޑިންގީ އޮތް ސަރަހަށްދަށް ގޮސް ޑިންގީ ފުށުން ޖަހައި ކަފުޖަހައިގެން ގަލްފް ކްރާފްޓްގައި ނޮދަން އޭރިއާގެ ސިފައިން ވަނީ ބަންޑުން ޖަހާލި ލޯންޗް ނޮޅިވަރަމަށް މިއަދު 17:15 ހާއިރު ގެންގޮސްދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close